އިބްރާހީމް ޙަލީމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އިބްރާހީމް ޙަލީމް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ދިވެހި ދައުލަތަށް ބައި ޤަރުނަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އިބްރާހީމް ޙަލީމް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، އިބްރާހީމް ޙަލީމަކީ ދިވެހި ދައުލަތަށް ނުހަނު އިޚުލާޞްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ދައުލަތަށް ޚިދުމަތް ކުރެއްވި 50 އަށްވުރެ ގިނަ އަހަރުގެ ތެރެއިން ބޮޑުބައެއް ހޭދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލިއާގޭގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އިބްރާހީމް ޙަލީމަކީ ރާއްޖޭގެ ކުރީގެ 6 ރައީސުންގެ އަރިހުގައި ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ދައުލަތަށް ކުރެއްވި މި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުޙޫމް އިބްރާހީމް ޙަލީމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ. އަދި މި ހިތާމަވެރި ވަގުތުގައި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައިވެއެވެ.

މިއަދު އޮންލައިން