އެމްޑީއޭ ހިންގުމާ ސިޔާން ހަވާލުވެ ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 53ސ
އެމްޑީއޭ ހިންގުމާ ސިޔާން ހަވާލުވެ ވަޑައިގެންފި

އެމްޑީއޭ ހިންގުމާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ހަވާލުވެ ވަޑައިގެންފިއެވެ. 

ސިޔާސީ ކަންކަމާއި ދުވަސްކޮޅަކު ދުރުގައި ހުންނެވުމަށްފަހު، އެމްޑީއޭ ގެ ލީޑަރާއި ޒިންމާތައް ހަވާލު ކޮށްފައިވަނީ އެޕާޓީގެ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ. 

ސިޔާމް ދުރުގައި ހުންނެވި ދުވަސްކޮޅު އެޕާޓީގެ ކަންކަން ހިންގުން ހަވާލު ކޮށްފައިވަނީ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާއެވެ. 

ސިޔާސީ ކަންކަމުން ސިޔާމް ދުރަށް ޖެހިވަޑައިގެންފައިވަނީ ކުރިން ސަރުކާރު ހިންގި ޕާޓީ ޕީޕީއެމް އާއެކު އޮތް ކޯލިޝަންގެ މައްސަލަތަކެއް ޖެހިފައި ވަނިކޮށެވެ. ނަމަވެސް އެއިރު އެޕާޓީއިން ބުނެފައިވަނީ އޭނާ ދުރަށްޖެހި ވަޑައިގަތީ ވިޔަފާރީގެ ކަންކަމުގައި ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކަމުގައެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރު އަދި މީޑިއާ ކޯޑިނޭޓަރު ސިނާން އަލީ ވިދާޅުވީ، 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުރިހާ ދާއިރާއަކުން ވެސް އެމްޑީއޭ އިން ވާދަކުރުމަށް ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ.

މިއަދު އޮންލައިން