ފައްޔާޒް ވެސް މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި

ކިޔުމަށް ހޭދަވާނީ 40ސ
ފައްޔާޒް ވެސް މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ކެބިނެޓްގެ މަސައްކަތް އަދާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވެސް، މެމްބަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

 

މިކަން ކަށަވަރު ކޮށްދެއްވާ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ގަމު ދާއިރާގެ މެމްބަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާ ކަމަށެވެ.

 

ރައީސް ސޯލިހުގެ ކެބިނެޓްގެ ވަޒީރުކަން ކުރެއްމުވަށް، ފައްޔާޒްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވެސް މިއަދު ވަނީ ރައްޔިތުންގެ މަޖިލިސް މެމްބަރުކަމުން އިސްތިއުފާ ދެއްވާފައެވެ.

މިއަދު އޮންލައިން