ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އަޅަން ރައިސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އަޅަން ރައިސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފި

ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އަޅަން ރައިސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިން ހުޅުމާލެ، ފްލެޓް ނަންބަރު 51503، މުހައްމަދު ރިޔާޒް އަމާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރިޔާޒް ވަނީ ހުޅުމާލެ ހޮސްޕިޓަލްގެ ސިއްހީ ކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮވުންތައް ހިއްސާކޮށް، އެކަންކަމަށް އޮތް ހައްލަކީ ކޮބައިތޯ ރައީސްއާ ސުވާލުކޮށްފައެވެ.

ޖަވާބުގައި ރައީސް ވަނީ މާލެ ސިޓީ ސަރަހައްދުގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތް މިހާރު ބާރު ސްޕީޑްގައި ފެށިގެން ކުރިއަށްދާ ކަމަށާއި ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް އައިޖީއެމްއެޗް ހިމެނޭހެން ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.

“ހުޅުމާލޭގައި މިހާރު ލައްކައެއްހާ މީހުން ފޭސް ވަން އަދި ފޭސް ޓޫގައި ދިރިއުޅެމުންދާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެހާ ގިނަ މީހުންނަށް ހިދުމަތްދޭ އިރުގައި ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑުތަނުން މަތިކުރަންޖެހޭ. އަދި އިތުރު ހޮސްޕިޓަލެއްވެސް އަޅަން ޖެހޭނެ. އެހެންވީމަ މި މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،” ރައީސް ވިދާޅުވިއެވވެ.

 

މިއަދު އޮންލައިން