ވޭނުގަ އުޅެންޖެހޭ މާބަނޑު އަންހެނުންނަށް ނަމާދުކުރުމުގަ އޮތް ލުއިމަގެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ވޭނުގަ އުޅެންޖެހޭ މާބަނޑު އަންހެނުންނަށް ނަމާދުކުރުމުގަ އޮތް ލުއިމަގެއް-

މާބަނޑު ދުވަސްތަކުގައި އުފުލަންޖެހޭ ތަކްލީފްތަކުގެ ނަމާދު ޤަވާޢިދުން ކުރުމަށް އުނދަނގޫވާތީ އެކަމުގައި ލުއިމަގެއް އޮތްތޯ ބައެއް ކިޔުން ތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. 

މާބަނޑު ބައެއް އަންހެނުންނަށް ވިހަން ގާތްވަމުން އަންނަ ދުވަސްތަކުގައި ވަރަށް ގަދަ ވޭނުގައިވެސް އުޅެންޖެހެއެވެ. ނަމާދުކުރަން އުނދަގޫވާ ޙާލަތަށްވެސް ކަންކަން ދެއެވެ. ނަމާދުގެ ވަގުތުގައި ނުކުރެވިދާނެ ކަމުގެ ބިރުވެސް އުފެދޭ ޙާލަތަށް ކަންކަން ދެއެވެ. 

މިފަދަ ޙާލަތްތަކުގައި އެކަނބަލުންނަށް ލުޔެއްވެއެވެ. އެއީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު އަދި މަޣްރިބްނަމާދާއި ޢިޝާނަމާދު ޖަމްޢްކުރެވިދާނެއެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވާ ކިޔަމަންތެރިގެ ގޮތަކީ ނަމާދުކުރަން އޮތް މަގުން ނަމާދުކުރަމުން ގެންދިއުމެވެ. ނަމާދުކުރަމުން ދުޢާކުރަމުން ގެންދިއުމުން ކޮންމެ ކަމެއްގައިވެސް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ! ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ 

ބައެއް މީހުން ކިރިޔާ ކަމެއް ކުރިމަތިވުމުން އުޒުރު ދައްކައި ނަމާދު އަޅައެވެ. ބިރުވެތިވާށެވެ! ތިބާގެ ޙާލަތު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. 

- މަޢްލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން