561 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާގުޅިގެން އެވުޒާރާއިން ބުނެފައިވަނީ މަސްވެރިންނަށް، މިދިޔަ ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މީގެތެރޭގައި ތެލަށާއި އައިސްއަށް ދެވިފައިވާ ފައިސާވެސް ހިމެނޭނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައިވަނީ، މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާކަމަށެވެ.
17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން ބޮޑުކުރީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ.