ދިވެހި ދިދަ މިނިވަންކަމާއެކީ ވިހުރެމުންދާނީ މަޖިލިސް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ. ވަށަފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ "އަޅުގަނޑުމެން އެބަޖެހޭ މި އޮޑިއަށް، ހިތްވަރު ހުރި، ފަންވަރު ހުރި، އިހުލާސްތެރި މުރާލި ފަޅުވެރިންތަކެއް ހޯދަން. އެ ފަޅުވެރިން ހޯދުމުގެ މަސައްކަތް މިހާރު މިއޮތީ ކުޑަތަންވެފައި. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ދިވެހިރާއްޖޭގެ ދިދަ މިނިވަންކަމާއެކީގައި ވިހުރުމަށް ކޮންމެހެން މުހިންމު ކަމެއް. އެ ދިދަ ފެއްސާއި ރަތާއި ހުދުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤައުމުގައި ފަޚުރުވެރިކަމާއެކީގައި ވިހުރެމުންދާނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބިގެން،" ކަމަށެވެ.
ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މިނިވަންކަން އޮތީ ގެއްލިފައި ކަމަށެވެ.