މިދިޔަ 5 އަހަރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ސިއްޙީ ނިޒާމަށް އޮތީ އިހުމާލުވެފަ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
މިދިޔަ 5 އަހަރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ސިއްޙީ ނިޒާމަށް އޮތީ އިހުމާލުވެފަ!

މިދިޔަ 5 އަހަރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ސިއްޙީ ނިޒާމަށް އޮތީ އިހުމާލުވެފައިކަމަށް ސިއްހަތާއިބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް، ބައެއް ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން

ސިއްހާތާއިބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިއްހާތާއިބެހޭ ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ 5 އަހަރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއެރުމުގެ ބަދަލުގައި، ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތްދޭ ޢިމާރާތްތައް މަރާމާތު ނުކޮށް ދޫކޮށްލާފައިވާ ހުރުމުން، ގިނަ ތަންތަން ހުރީ ފުރާޅު ފޫވެއްޓި ނުވަތަ ސީލިންގ ވެއްޓޭ ހިސާބުގައިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައި ހުރި މެޝިނަރީތައްވެސް ހުރީ ވީރާނާވާން ދޫކޮށްލާފައިކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ. އެގޮތުން މެޝިނަރީޒް ހަލާކުވުމުން އެތަކެތިވެސް މަރާމާތު ކުރުމުގެ ބަދަލުގައި ހުރީ ނުހަދައި ދޫކޮށްލާފައި ކަމަށާއި، ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނުން އަސާސީ ބައެއް ބޭސްތައް ހުސްވެފައި ހުރުމުގެ އިތުރުން ބައެއް ޚިދުމަތްވެސް ހުރީ ހުއްޓިފައިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން