އެޕޮއިންޓްމަންޓް ހައްދާއިރު ޑޮކްޓަރަށް ދެއްކޭނެ ދުވަސްވެސް ޔަގީންވާގޮތް ހަދަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
އެޕޮއިންޓްމަންޓް ހައްދާއިރު ޑޮކްޓަރަށް ދެއްކޭނެ ދުވަސްވެސް ޔަގީންވާގޮތް ހަދަނީ!

ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސްވެސް އެނގޭނެ ގޮތަށް ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އެޕޮއިންޓްމަންޓް ނުލިބުމުގެ މައްސަލައާއި އެޕޮއިންޓްމަންޓް ހައްދައިގެން އައި ނަމަވެސް، ޑޮކްޓަރަށް ނުދެއްކި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައެވެ. މިސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެޕޮއިންޓްމަންޓް ހައްދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސް އެނގޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ގިނަ ވަގުތު ޑޮކްޓަރުން ޚިދުމަތް ދިނުމުގައި ހޭދަކުރެވޭނެ ނިޒާމެއްވެސް ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

 

 

މިއަދު އޮންލައިން