ރަށް ރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް, ތާވަލު ކުރެވި، އެކަންކަމަށް ބަޖެޓް ހަމަޖެހިގެން ކުރިއަށް ގެންދެވޭނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
ރަށް ރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް, ތާވަލު ކުރެވި، އެކަންކަމަށް ބަޖެޓް ހަމަޖެހިގެން ކުރިއަށް ގެންދެވޭނެ: ރައީސް

ރަށް ރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް, ތާވަލު ކުރެވި، އެކަންކަމަށް ބަޖެޓް ހަމަޖެހިގެން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވާފައިވަނީ ފ. ފީއަލީ، ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން، އެ ރަށު ބިން ހިއްކުން، ބަނދަރު ހެދުން، އަދި މަގު ހެދުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށްދާނެގޮތެއް އޮޅުންފިލުވުމަށް ދެންނެވި ސުވާލަށް، ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، ފީ އަލީގެ ބިންހިއްކުމުގެ މަސައްކަތުގެ ތެރެއިން އެމްޓީސީސީން ކުރަމުންދާ މަސައްކަތަކީ ރިވެޓް ޖެހުމަށްޓަކައި ބޮޑު ހިލަ ގެންދިޔުމުގެ މަސައްކަތް ކަމަށެވެ. އަދި އެމަސައްކަތް އަވަސް ކޮށްދިނުމަށް އެމަނިކުފާނު އެދިލައްވާފައި ވާނެ ކަމަށާ ލަސްތަކެއްނުވެ އެކަން ފެށި ނިމިގެންދާނެ ކަމަށެވެ.  

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ، ފީއަލީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ވެސް އެމަނިކުފާނު ކުރިއަށް ގެންދަވާނެ ކަމަށެވެ.

 

މިއަދު އޮންލައިން