ޑޮލަރު އޭޓީއެމް އެއް މާފުށީގައި ބަހައްޓަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 45ސ
ޑޮލަރު އޭޓީއެމް އެއް މާފުށީގައި ބަހައްޓަނީ!

މިއަހަރު ތެރޭގައި މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން "މާފުށީގައި ޑޮލަރު އޭޓީއެމެއް ބަހައްޓާނެ ކަމަށް  ވަޢުދު ވެވަޑައިގެންފައިވާއިރު އެ ވަޢުދުފުޅު ފުރިހަމަވާނީ ކޮންއިރަކުތޯ" ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެ މަސައްކަތް ބީއެމްއެލްއާ ގުޅިގެން ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ވީހާވެސް އަވަހަށް އެ އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވިއެވެ.

 

މިއަދު އޮންލައިން