ދިވެހި ގައުމިއްޔަތު މާއްދާ ދިރާސީ އަހަރު ހުރިހާ ސްކޫލެއްގައި ކިޔަވައިދެއްވާން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ލ.މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިޚާ ރަފީއު ކުރެއްވި ސުވާލަށް ޖަވާބް ދެއްވަމުން މިހާރު ގައުމިއްޔަތު މާއްދާގައި ބައެއް ސްކޫލްތަކުގައި ކިޔަވައިދެއްވަމުން ގެންދަވަނީ ޕައިލެޓް ޕްރޮޖެކްޓް ފޭސް ތަކެއްގެ ގޮތުގައިކަމަށެވެ. އަދި އެ މަސައްކަތް ނިމުމުން، ދެން ފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ހުރިހާ ސްކޫލެއްގައި ކިޔަވައިދެއްވަން ފައްޓަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިހާރު ގައުމިއްޔަތު މާއްދާގައި އެހިނގަނީ ހަމައެކަނި ޕައިލެޓް ޕްރޮޖެކްޓްސް ފޭސް. 11 ސްކޫލެއް އެޑިއުކޭޝަން މިނިސްޓްރީން ހިޔާރު ކުރައްވައިގެން ޕައިލެޓް ކުރެއްވުމުގެ މަސައްކަތްތަކެއް ހިނގަނީ. ދެން މިހުރިހާ ކަމެއް ނިމުނީމަ އިރާދަކުރެއްވީޔާ ދެންފެށޭ ދިރާސީ އަހަރު ގައުމިއްޔަތު މާއްދާ ރޯލްއައުޓް ކުރެވިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.