48 ގަޑިއިރު ތެރޭގައި ކިރުވާ މަހަށްވާ ފައިސާ ދެވޭނެގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރ ޝިޔާމް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
48 ގަޑިއިރު ތެރޭގައި ކިރުވާ މަހަށްވާ ފައިސާ ދެވޭނެގޮތް ހެދުމަށް ދަނީ މަސައްކަތް ކުރަމުން: މިނިސްޓަރ ޝިޔާމް

މަސްވެެރިން ކިރުވާ މަހަށްވާ ފައިސާ 48 ގަޑިއިރު ތެރޭގައި ދެވޭނެގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. 

ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކަރާ ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަން ރުފިޔާ ހުރިކަމަށާއި މިހާރު ކުރަމުންދަނީ އެ ބެކްލޮގް ފިލުވުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު 270 މިލިއަން ރުފިޔާ ނުދެވިހުރިކަން ފާހަގަކުރެއްވިއެވެ.

މަސްވެރިން ބޭނުންވަނީ އެ ފަރާތްތަކުން ކިރުވާ މަހަށްވާ ފައިސާ ވަގުތުން ވަގުތަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށާއި ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިހާރު އޮތް ބެކްލޮގް ފިލުވާލައި މާޗު މަހުން ފެށިގެން ބަރާބަރަށް ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

 

 

މިއަދު އޮންލައިން