ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި، ރަޖިސްޓްރީވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި، ރަޖިސްޓްރީވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފި

ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޑްރައިވަރުން، ރަޖިސްޓްރީވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

މި ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުޅުވާލީ އިއްޔެއެވެ. އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެ ވުޒާރާގެ ސިމްސް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރި ކުރެވޭނެ ކަމަށެވެ.

މި ދަފުތަރާއެކު ޓެކްސީ ޑްރައިވަރުންނަކީވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން