އެމީހެއްގެ އަޚާގެ މައްޗަށް ދުލުން ލޯތްބަކާއި އޯގާތެރިކަން ފާޅުކޮށް، ހިތުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން ބާއްވާ މީހުންނަކީ ބީރު، އަނދިރި މީހެއްގެ ގޮތުގައި ލައްވާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އެމީހެއްގެ އަޚާގެ މައްޗަށް ދުލުން ލޯތްބަކާއި އޯގާތެރިކަން ފާޅުކޮށް، ހިތުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން ބާއްވާ މީހުންނަކީ ބީރު، އަނދިރި މީހެއްގެ ގޮތުގައި ލައްވާނެ!

ދެމޫނުގެ ވެރިއަކަށްވުމަކީ މުނާފިޤުންގެ ސިފައެކެވެ. އެކަން އެނގޭއިރުވެސް އާއިލާގެ މީހުންނާއިވެސް އަދި އެކުވެރިންނާއިމެދުގައިވެސް ހިތުގައި ޙަސަދަވެރިކަން ބާއްވަމުން ދުލުން ލޯތްބާއި އޯގާތެރިކަން ފައުޅުކުރާ މީހުން އެބައުޅެއެވެ. 

މީގެ އިތުރުން ބައިވެރިޔާދެކެ ފޫހިވެ، ބައިވެރިޔާދެކެ ލޯބިނުވާ ޙާލުގައިވެސް، ހިލޭ މީހުންނާއި ގުޅުން ބާއްވަމުންވެސް ބައިވެރިޔާދެކެ ލޯބިވާ، އޯގާތެރިއަކަށް ހެދިގެން އުޅޭ މީހުންވެސް އެބައުޅެއެވެ. 

އެފަދަ މީހުން ތިރީގައިވާ ބަސްފުޅަށް ވިސްނައިލާށެވެ! 

އެމީހެއްގެ އަޚާގެ މައްޗަށް ދުލުން ލޯތްބަކާއި އޯގާތެރިކަން ފާޅުކޮށް، ހިތުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން ފާޅުކުރާމީހަކަށް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނެއެވެ. އަދި އެމީހަކީ ބީރު އަނދިރި މީހެއްގެ ގޮތުގައި ލައްވާނެއެވެ". (އެބަހީ ޙައްޤެއް އަޑެއްނީވޭ، ޙައްޤެއް ނުފެންނަ މީހެއްގެ ގޮތުގައި އެމީހަކު ލައްވާނެއެވެ)". (الفضيل بن عياض) 

މިބަސްފުޅުގައި ބީރު އަދި އަނދިރި މީހެއްގެ ގޮތުގައި ލެއްވެވުން އެވަނީ އެމީހާގެ 2 ކަންފަތް ބީރުކުރައްވަވައި އަދި 2 ލޯ އަނދިރިވުމަކަށް ނޫނެވެ. ޙައްޤުބަސްތަކުގެ އަޑު ނުއިވޭ، ކިތަންމެ ރަނގަޅު ނަޞޭޙަތެއްގެ އަޑުއިވުނަސް ބަލައި ނުގަނެވޭ މީހަކު ކަމުގައި ލެއްވެވުމެވެ. އަދި ޙައްޤު މަގު ނުފެންނަ މީހެއްގެ ގޮތުގައި ލެއްވެވުމެވެ. 

އެފަދަ ޙާލެއް ޖައްސަވައިފިނަމަ ޢަމަލުތައް އިޞްލާޙްކޮށް ހެޔޮ ޢަމަލު ކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ އެކަން ވާނީ އެމީހަކަށް އާޚިރަތް ގެއްލިގެން ދިއުން ކަމުގައި ނޫން ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން