އިމާމުންނާ ޚަޠީބުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢު 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ގއ ގެމަނަފުށީގައި ބާއްވައިފިއެވެ.
މި ބުރުގައި ދެކުނުގެ ރަށްތަކުން 77 އިމާމުން ބައިވެރިވއެވެ. އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވަނީ އެވުޒާރާގެ ޢަމާޒަކީ 2024 ވަނަ އަހަރު ނިމޭއިރު މުޅި ރާއްޖޭގެ އިމާމުން މިމަޝްރޫޢުގެ ދަށުން ތާޒާކޮށް ނިންމުން ކަމަށެވެ.
މީގެ އިތުރުންވެސް އިމާމުންނަށް ތަރުބިއްޔަތާއި ތަމްރީނު ދިނުމުގެ ތަފާތު ކަންކަން ކުރަމުންދާނެ ކަމަށާއި މިމަހު މައްކާއަށްވެސް ތަރުބަވީ ޕްރޮގްރާމެއްގައި އިމާމުންގެ ޓީމެއް ފުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.