ރ. އުނގޫފާރުގެ ފަޅުތެރެއިން އިތުރު 3 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން އުނގޫފާރުގެ ފަޅުތެރެއިން ބިން ހިއްކެން އޮތް ވަރަކަށް ބިން ހިއްކައިދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސްގެ ވައުދުވެފައިވާ ކަމަށާއި އެހެންނަމަވެސް ބިން ހިއްކަމުން ދަނީ ކުރިންވެސް ހިއްކަން ހަމަޖެހިފައިވާ ވަރަށް ކަމަށްވާތީ އެކަމާއި ކަންބޮޑުވާ ރ.އުނގޫފާރު، ދުލިހުރާގޭ، އަޙްމަދު ޝިޔާމް، ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ހިއްކެން އޮތް އެންމެ ބޮޑަކަށް އުނގޫފާރު ފަޅުތެރެއިން ހިއްކުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އިތުރު ތިން ހެކްޓަރުގެ ބިން އެރަށުގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ވީ ވައުދެއް ވިއްޔާ ވައުދުވީ ގޮތަށް، އެކަންކޮށްދޭނަން، ވައުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކަދޭނެ ކަމަށް، މިހާރު ސްކޯޕްގައި އޮތް ވަރަށް ވުރެއް އިތުރު 3 ހެކްޓަރުގެ ބިން ހިއްކީމައި، ފަޅުތެރެއިން ހިއްކަން އޮތްއެންމެ ބޮޑަކަށް ހިއްކޭ،" ރައީސް ވިދާޅުވިއެވެ.
ރ.އުނގޫފާރު، ދުލިހުރާގޭ، އަޙްމަދު ޝިޔާމް، އެރަށު ބިންހިއްކުމުގެ ކަންކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާމެދު ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު. pic.twitter.com/ZkULNBaSnF
— Government of Maldives (@governmentmv) February 11, 2024