ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، މިފެށޭ އަހަރަކީ ޗައިނާގެ ރައްޔިތުންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ފާގަތިކަން ގެނެސްދޭނެ އަހަރަކަށް ވާނޭކަމަށް އުއްމީދު ކުރައްވާކަމަށާއި ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ ނަންފުޅުގައި ޗައިނާގެ ރައްޔިތުންނަށް ވަނީ ތަހުނިޔާ ވިދާޅުވާކަމަށެވެ.
މީގެއިތުރުން ނައިބް ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި ތަޙުނިޔާ ވިދާޅުވެ މެސެޖެއް ފޮނުވާފައެވެ.
Maldivian President Mohamed Muizzu sent his Chinese New Year greetings. #ChineseNewYear #SpringFestival pic.twitter.com/IKeWLE6lOe
— China Xinhua News (@XHNews) February 9, 2024