ރައީސް ޑރ.މުއިއްޒު ރިޔާސީ ކެމްޕެއިންގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމެނޭ ފޮތް ޝާއިޢުކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރައީސް ޑރ.މުއިއްޒު ރިޔާސީ ކެމްޕެއިންގައި ދެއްކެވި ހުރިހާ ވާހަކަފުޅެއް ހިމެނޭ ފޮތް ޝާއިޢުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތައް ހިމެނޭ ފޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވައިފިއެވެ.

"ދިވެހީންގެރާއްޖެ" މި ޝިޢާރުގެ ދަށުން، ޕީޕީއެމް-ޕީއެންސީއިން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، 53 ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ 153 ރަށަކަށާއި، ހުރިހާ ސިޓީތަކަށް ޒިޔާރަތްކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ރައީސަކު، ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތަކާއި، އިންތިޚާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގެ ސިފައިގާ އެކުލަވައިލައްވާ އާންމުކޮށް ޝާއިޢުކުރެއްވި މިއީ، ފުރަތަމަ ފަހަރެވެ. އަދި މިއީ، ދިވެހި ޤައުމުގެ އެންމެ މަތީވެރިއަކު، ޤައުމާމެދު ގެންގުޅުއްވާ ތަސައްވުރާއި ވިސްނުންފުޅު ހާމަކުރައްވައި މިހާތަނަށް މިފަދަ ޝާމިލް، ބޮޑު ފޮތެއް ނެރުއްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

މިފޮތުގައި ހިމެނޭ ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައިވާ ލިންކުން ވަކިވަކިން ބައްލަވައިލެއްވުމުގެ އިތުރުން، މުޅި ފޮތް ޕީ.ޑީ.އެފް. ފޯމެޓްގައި ޑައުންލޯޑްވެސް ކުރެއްވޭނެއެވެ.

މިއަދު އޮންލައިން