ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާގުޅިފައިވާ ހުރިހާ މަސައްކަތައް އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިޔަށްގެންދާނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާގުޅިފައިވާ ހުރިހާ މަސައްކަތައް އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިޔަށްގެންދާނަން: ރައީސް

ގާދިއްފުށީ ސްކޫލުގެ އިމާރާތުގެ މަސައްކަތާއި އަދި ސްކޫލާގުޅިފައިވާ ހުރިހާ މަސައްކަތްތައް އެންމެ އިސްކަންދޭ މަސައްކަތްތަކުގެ ގޮތުގައި ކުރިޔަށްގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލުކަމުގައިވާ އެ އަތޮޅު ގާދިއްފުށްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ އިތުރުން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުވެސް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ގުރައިދޫ އެއަރޕޯޓްގެ މަސައްކަތާއެކު މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބަނދަރުގެ މަސައްކަތަކީ ކުރީގެ ސަރުކާރުން އެމަސައްކަތް ކުރެވޭނެ ގޮތެއް ނެތި ހަވާލުކޮށްފައިވާ މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީއާ ހަވާލުކޮފައިވާ މި މަސައްކަތްވެސް ކުރިޔަށްގެންދެވޭނެ ގޮތެއް ބައްލަވައިގެން ސަރުކާރުން އެ މަޝްރޫޢުވެސް ކުރިޔަށްގެންގޮސް ދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްގެންދަވާނީ ތެދުވެރިކަމާ އިޚްލާސްތެރިކަމާއެކު ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ރަށެއް ލިބޭގޮތަށް ކައުންސިލުތަކަށް ފަހިކޮށްދެއްވާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އެދިވަޑައިގެން ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.

 

މިއަދު އޮންލައިން