ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ، އެއް މަސްދުވަހުގެ ތެރޭގައި ރައިސް ބައްދަލުކުރައްވަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ، އެއް މަސްދުވަހުގެ ތެރޭގައި ރައިސް ބައްދަލުކުރައްވަނީ!

ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ، އެއް މަސްދުވަހުގެ ތެރޭގައި ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ކަމަށާއި، މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް މަސައްކަތްކުރެއްވީ ރައްޔިތުންނާ ގާތުންކަމަށެވެ. އެހެންކަމުން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންގެ ވާހަކަތައް އަޑުއަހައިގެން ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހުންނަތަނަށް ކައުންސިލް ގެނެސްގެން ކައުންސިލާ ބައްދަލުކުރާކަށް ނޫން ބޭނުމީއެއް. ކައުންސިލް އޮތްތަނަށް އަޅުގަނޑު ދާން ބޭނުންވަނީ. އެހެންވީމަ މިއަތޮޅު މިނިމެނީ. ދެން އިރާދަކުރެއްވީ މިއަންނަ ހަފްތާގައި އޮތް ރާއްޖެއިން ބޭރު ދަތުރު ނިންމާފައި އަންނަގޮތަށް މަސްދުވަސް މި ކަނޑައަޅަނީ، އެއްމަސްތެރޭ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން އަޅުގަނޑު ރަށްތަކަށް ދާނަން". ރައީސް ވިދާޅުވިއެވެ.

މިއަދު އޮންލައިން