މިދައުރު ތެރޭގައި ތ. އަތޮޅުގައި އިތުރު ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
މިދައުރު ތެރޭގައި ތ. އަތޮޅުގައި އިތުރު ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

މިދައުރު ތެރޭގައި ތ. އަތޮޅުގައި އިތުރު ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ތ.އަތޮޅުގައި ރިސޯޓު މަދުވުމުގެ ކަންބޮޑުވުން ރައީސާ ހިއްސާ ކުރައްވައި ސަރުކާރުން އެކަން ހައްލު ކުރުމަށް ކުރަމުން އަންނަ ކަންކަމާ ގުޅޭގޮތުން ތ. ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ "ވަރަށް ޔަގީން، މިއަހަރު ވެސް ފެށޭވަރުވާނެ، އަދި މި ފަސް އަހަރު ތެރެއަށް ބަހާލައިގެން ގިނަ ރިސޯޓުތަކެއް މުޅި އަތޮޅުގެ އެކި ހިސާބަށް، އެކި ދާއިރާތަކަށް ކަވަރުވާގޮތަށް ގެނެސްދޭނަން. އެހެންވީމަ ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން އާމްދަނީ ލިބޭނެ ވަޒީފާ ހޯދޭނެ ފުރުސަތު ހޯދައިދޭނަން. ވަރަށް އަވަހަށް އެކަން ފެނިގެންދާނެ،" ކަމަށެވެ.

ތ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެހެން އަތޮޅުތަކަށްވެސް މިބަދަލު ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އެމަނިކުފާނު ރާއްޖޭގެ އިޤްތިޞާދަށް ގެންނަވާ ބަދަލުތަކާއެކު އިންވެސްޓަރުން އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން