11 އިމާމުން ޕީއެޗްޑީއަށް ކިޔެވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
11 އިމާމުން ޕީއެޗްޑީއަށް ކިޔެވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެ

11 އިމާމުން ޕީއެޗްޑީއަށް ކިޔެވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ރާއްޖޭގައި ތިބި އިމާމުންގެ ތެރޭގައި އިތުރަށް ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތައް ތިބިކަމަށާއި އެފަރާތްތަކުން އިތުރަށް ކުރިއަށްދާން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ޝަރުޢީ ޢިލްމުގެ ދާއިރާ އާއި އިސްލާމީ ޢިލްމުގެ ދާއިރާ ހިމެނޭކަމަށެވެ.

އިސްލާމިކް ޝަހީމް ވިދާޅުވީ "ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އިމާމުން ތަމްރީންކުރުމަށް ޕީއެޗްޑީއަށް ކިޔަވަންދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ޢިއުލާންކުރެވޭނެ. އިމާމުން ފޮނުވާނެ ޤައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، މެލޭޝިއާ، ބްރޫނާއީ ފަދަ ގައުމުތައް ހިމެނޭ. އަދި ސައުދީ ޢަރަބިއްޔާގެ ބައެއް އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާކޮށް އެޤައުމުތަކަށް ފޮނުވޭނެ." ކަމަށެވެ.

ރަށުގައި ތިބެގެން ކިޔަވަން ބޭނުންވާ އިމާމުންނަށް ފުރުސަތު ހޯދައިދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއެކު މަޝްވަރާ ކުރައްވަމުންދާ ކަމަށާއި އެގޮތުން މާސްޓަރސް ނުވަތަ އެއަށްވުރެ މަތީ މަރުހަލާގެ ކޯސްތަކުގައި އިމާމުން ބައިވެރިވުމަށް ފުރުސަތު ހޯދާދިނުމަށް ވާހަކަދެކެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން