ތ. ކަނޑޫދޫގެ ފަޅުގައި އެއާޕޯޓެއް ހެދުމަށް ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ބުނެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތ. ކަނޑޫދޫގެ ފަޅުގައި އެއާޕޯޓެއް ހެދުމަށް ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ބުނެފި

ތ. ކަނޑޫދޫގެ ފަޅުގައި އެއާޕޯޓެއް ހެދުމަށް ބޭނުންވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަނޑޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.

މިއަދު މެންދުރުފަހު ކަނޑޫދޫގެ ކައުންސިލް އިދާރާގައި އޮތް މި ބައްދަލު ކުރެއްވުމުގައި ކައުންސިލް އިދާރާއިން ވަނީ ހެލްތް ސެންޓަރަށް ބޭނުންވާ ޚިދުމަތްތަކާއި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާ ކުރައްވާފައެެވެ.

މީގެ އިތުރުން ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ކުރިމަތިވާ ދަތިތަކާއި، ބަނދަރު ހަލާކުވަމުންދާތީ ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނުގައި ހިއްސާ ކުރެއްވިއެވެ.

އަދި ރަށަށް އޭ.ޓީ.އެމް އެއް ބޭނުންވާކަމަށާއި، ރަށުގެ ފަޅުގައި އެއާޕޯޓެއް ހެދުމަށް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަންހުރުމުން ކުރިމަތިވާ ގޮންޖެހުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާއިއެކު މަސައްކަތްކުރައްވައި، އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.ގުޅުންހުރި

މިއަދު އޮންލައިން