ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ނުކުންނަވައި ހުންނެވީ ވަރަށް 'ސީރިޔަސް' މަސައްކަތްތަކެއް ކުރައްވަން ކަމަށެވެ. އަދި އެމަނިކުފާނުގެ މުޅި ކެބިނެޓާއި ސަރުކާރު ކުންފުނިތައްވެސް، ރެއާއި ދުވާލު މަސައްކަތް ކުރައްވަމުންދަނީ އެ ރޫހުގައި ކަމަށް ވިދާޅުވި އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވޭމަންޑޫ އަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވޭނީވެސް އެ ރޫހުގައި މަސައްކަތް ކުރައްވައިގެން ކަމަށެވެ.
އެގޮތުން އެ ރަށުގެ ބޮޑެތި މަގުހެދުމާއި، ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި މަގުތައްް ހަދާނީ އެންމެ ފުރިހަމައަށް ރައްޔިތުން އެދޭ ގޮތަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.
އަދި އެ ދެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓަވާން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަން ކުރިއަށް ގެންދިޔުމަށް، ކުރީ ސަރުކާރުން އެކުލަވައިލި މި އަހަރުގެ ބަޖެޓްގައި ހިމެނިފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް ގާނޫނު ތަކާއި އުސޫލު ތަކުން ޖާގަ ހޯދެން އޮތްނަމަ އެގޮތުން ބަލައިގެންވެސް ވޭމަންޑޫ ބިން ހިއްކަން މިއަހަރު ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ހަމަ އެހެންމެ، އެ ރަށުގެ ސުކޫލް އެކްސްޓެންޝަން ގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަހަރު ތެރޭގައިވެސް، ކަމާއި ގުޅޭ ގާނޫނު ތަކާއި އުސޫލުތަކުގެ ތެރެއިން ޖާގަ ހޯދެން އޮތްކަމަށް ވަންޏާ، ހޯދައިގެން އަޅުގަނޑުމެން ބަލާނަން ބިން ހިއްކުމުގެ މަސައްކަތް ފަށަން. އެކަން ނުކުރެވޭ ކަމަށް ވަންޏާ އެންމެ ލަސްވެގެން މި އަންނަ އަހަރު ވެސް ފަށާނަން. އެހެން ނަމަވެސް، އަޅުގަނޑު ބަލާނީ، އެންމެ އިސްކަމެއްދީގެން ބިން ހިއްކާ ރަށަކަށް މި ރަށް ހިމެނޭ ގޮތަށް މިއަހަރުވެސް ހަމަ ފަށަން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެން
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުމީގެ އިތުރުން، ރާއްޖޭގެ ވެރިކަން ކުރާ ރަށްތަކާއި ސިޓީ ތަކުގައި ޢީދު ދުވަސް ތަކުގައި ކުލަ ބޮކި ދިއްލައި ތަކުބީރު ޖެހުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އަންނަ ފިތުރު ޢީދުގައި ވޭމަންޑޫ ގައިވެސް އެފަދައިން ޢީދު ފާހަގަކުރެވިގެންދާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވައުދެއް ވެއްޖެނަމަ އެ ވައުދެއް ފުއްދައި ދިނުމަކީ އެ މަނިކުފާނުގެ ވާޖިބެއް ކަމަށާ ބަހާއި އަމަލާ ދިމާވާން ޖެހޭނެ ކަމަށެވެ.
"އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ވަޢުދެއް ވެއްޖިއްޔާ އެ ވަޢުދެއް ފުއްދުމަކީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުގެ ވާޖިބެއް. ބަހާއި ޢަމަލާ ދިމާވާންޖެހޭނެ. ދުލުން ބޭރުކުރާ ކޮންމެ ބަހަކީ، އެ ބަސް ދުލުން ބޭރުވުމަށްފަހު، އެ ބަހުގެ އަޅަކަށް އެ ބަސް ބުނި މީހާވާނެ ބަހެއް. އެ ބަސް ތެދުކުރުމަކީ އެ މީހާގެ ޒިންމާއެއް. އެހެންވީމާ، އެ ޒިންމާދާރުކަމާ އެކީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށްދާނީ،" ރައީސް ވޭމަންޑޫ ރައްޔިތުންނަށް ޔަގީންކަން ދެއްވީ އެމަނިކުފާނުގެ ބަހާއި އަމަލާ ދިމާވާނެ ކަމުގެ ޔަގީންކަމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެހެންކަމުން ކެމްޕެއިންގައި ވޭމަންޑު އަށް ވެވަޑައިގެންނެވި ވައުދުތައް ވެސް މި ސަރުކާރުގައި ފުއްދަވާނެ ކަމުގެ ޔަގީން އެމަނިކުފާނު ވަނީ ދެއްވާފައެވެ.