ސަޢުދީ ޢަރަބިއްޔާގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނަށް ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިއްޖެއެވެ.
މިކަމާގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން ޙައްޖު މޫސުމުގައި ޙާޖީންނަށް އެހީތެރިވުމަށް ޙައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން އެ ޤައުމުގެ ހައްޖު ވުޒާރާއިން އެއްބަސްވެފައިވާކަމަށާއި މި އަހަރުގެ ޙައްޖުގައި އެކަން އެ ގޮތަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަން ރަސްމީކޮށް އަންގަވާފައިވާކަމަށެވެ.
ވަޒީރު ވިދާޅުވީ ވެހި ޙާޖީންނަށް އެހީތެރިވުމަށް ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމަށް އެކި ސަރުކާރުތަކުން ވެސް މަސައްކަތް ކުރި ކަމަށާއި މި ފަހަރު އެ ފުރުޞަތު ލިބުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށެވެ.