ގިނަ ބައަކު ބައިވެރިވެގެން މިސްކިތް އެޅުމުގެ ފުރުޞަތު އޮންނާނެ! އެއީ ކުރިންވެސް ކޮށްފައިވާކަމެއް! ވަރަށް ބޮޑު ހެޔޮކަމެއް!: އިސްލާމީ ވަޒީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ގިނަ ބައަކު ބައިވެރިވެގެން މިސްކިތް އެޅުމުގެ ފުރުޞަތު އޮންނާނެ! އެއީ ކުރިންވެސް ކޮށްފައިވާކަމެއް! ވަރަށް ބޮޑު ހެޔޮކަމެއް!: އިސްލާމީ ވަޒީރު

ގިނަ ބަޔަކު ހިއްސާވެގެން ވެސް މިސްކިތް ބިނާކުރުމުގެ ފުރުޞަތު އޮންނާނެކަމަށާއި އެއީ ވަރަށް ބޮޑު ހެޔޮކަމެއް ވެސްކަމަށައި އަދި އެގޮތައް ބިނާކުރެވިފައިވާ މިސްކިތްތައް މިހާރުވެސް ރާއްޖޭގައި އެބަހުރިކަމަށް އިސްލާމީ ވަޒިރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު ވިދާޅުވީ އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫޢުގެ ތެރެއިން، މިސްކިތް ނިމޭއިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށައި މިކަމުގެ ސަބަބުން މިސްކިތްތައް އޭސީކުރަން ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މާނައަކީ އޭސީކުރިނަމަވެސް ކަރަންޓްބިލްކުޑަވެގެންދާނެ ކަމެވެ.  

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންމެހައި ސެކްޝަން ތަކުގެ މަސައްކަތްތަކާ ގުޚޭ ގޮތުން (ވުޒާރާ) ގެ ނަމުގައި ޚާއްޞަ ޝޯއެއް ފޭސްބުކް މެދުވެރިކޮށް ކޮންމެ ހަފްތާއަކު އެއް ފަހަރު ވުޒާރާގެ އޮފިޝަލުން ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން