ރާއްޖޭގެ އިޤްތިޞާދު މިހާރު ހުރީ ރަނގަޅު މިސްރާބަށްކަމަށް ވަރލްޑް ބޭންކާއި އައިއެމްއެފްއިން ފާހަގަކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ދާދިފަހުން އައި.އެމް.އެފް އަދި ވަރލްޑް ބޭންކުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައި ހުރި އިޤްތިޞާދީ ހުރިހާ ކަމެއް، އެއީ ރާއްޖޭގައި މިހާރު މި އޮތް އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް އޮތް ހައްލުކަމުގައި ބަލައިގަންނަކަމަށާއި، އަދި އެކަމަށް އެބޭފުޅުން އެއްބާރުލެއްވުން ދެއްވާނެކަމަށް ވިދާޅުވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ.