ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމުން ރައީސް ޑރ. މުޢިއްޒުގެ ތަޢުޒިޔާ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމުން ރައީސް ޑރ. މުޢިއްޒުގެ ތަޢުޒިޔާ-

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުްޒިޔާ ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ. މުޢިއްޒުގެ ތަޢުޒިޔާގެ މެސެޖް: 

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެކެވެ. ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެކެވެ

ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ މަރުޙޫމްގެ ޢާއިލާއަށާ ބާ ކައުންސިލްގެ އެންމެހާ ޤާނޫނީ ވަކީލުންނަށް ދަންނަވަމެވެ. މަރްޙޫމް އިސްމާޢީލް ވިޝާމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވާށިއެވެ. އަދި ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި މަރުޙޫމް އިސްމާޢީލް ވިޝާމް ލަހައްޓަވައި އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން.

 

މިއަދު އޮންލައިން