މީރާއިން އާއްމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިއަ 2023 އަހަރު މުދަލު ޒަކާތުގެގޮތުގައި މީރާއަށް ލިބިފައިވަނީ 89.5 މިލިއަން ރުފިޔާ އެވެ. 2022 ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ 92.6 މިލިއަން ރުފިޔާ އެވެ. އެހެންކަމުނަ މިދިއަ އަހަރުތެރޭގައި ދައްކާފައިވާ ޢަދަދަކީ ކުރީއަހަރާއި އަޅައިބަލާއިރު އަޅާ ބަލާއިރު 3.1 މިލިއަން ރުފިޔާ މަދު ޢަދަދަދެކެވެ.
މުދަލު ޒަކާތް ދައްކަންޖެހެނީ ނިޞާބު ހަމަވާވަރަށް އަތުގައި ފައިސާހުރެ އަހަރުދުވަސްވެފައިވާނަމަ އެޢަދަދަކުންނެވެ. ނިޞާބް ހަމަވާ ޢަދަދުގެ އެންމެ 2.5 އިންސައްތައެވެ. އެއީ ސަތޭކައަކުން އެންމެ 2ރުފިޔާ ބައެވެ. އިސްލާމިކް މިނިސްޓްރިން ކަނޑައަޅާފައިވާ ގޮތުން މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ޢަދަދަކީ 7151.90 ރުފިޔާއެވެ.
ރާއްޖޭގެ ގިނަ ވިޔަފާރިތަކުން ކޮންމެ އަހަރަކުވެސް ހިސާބުކޮށް ޒަކާތް ދައްކަންޖެހޭވަރު ބަލައެވެ.
ސަރުކާރުން މިހާރުވަނީ ޒަކާތުގެ ކަންކަން ބަލަހައްޓާނެ ޚާއްޞަ އިދާރާއެއް އުފައްދައިފައެވެ. މިއަދުނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޒަކާތް ދެއްކުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވުމަށް އެއިދާރާއިން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ. "ހިސާބުތައް އެގޮތަށް ދެއްކި ނަމަވެސް ޒަކާތް ދެއްކުމަށް ރައްޔިތުން އިހްމާލްވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. ދައްކަންޖެހޭ ފައިސާ ދައްކާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ސަރުކާރުން އުފެއްދި ޒަކާތު ހައުސްގެ ތެރެއިން ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވަން."
ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން އެންމެ ބޮޑަށް އިތުރުވެގެން އައިސްފައިވަނީވެސް އިސްލާމިކް މިނިސްޓްރީ އުފައްދައި ޚާއްޞަކޮށް ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގައއާއި މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައި ޑރ. ޝަހީމް ކުރެއްވެވި މަސައްކަތުންކަން ފާހަގަކުރެވެއެވެ.
މުދަލުޒަކާތް ދެއްކުމަކީ ފަރުޟެކެވެ. އެއީ އަތުގައި ހުރިނަމަވެސް ﷲ ތަޢާލާގެ ޙައްޤެކެވެ. މޮޅު އިތުރުވެގެންވަނީ ކޮންމެ އަހަރަކުވެސް ހިސާބުކުރުމަށްފަހު ވީހާއަވަހަކަށް ޒަކާތް ދެއްކުމެވެ.