ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" ނުވަތަ ގޮންޖެހުންތައް ގިނަ މަޝްރޫޢު: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" ނުވަތަ ގޮންޖެހުންތައް ގިނަ މަޝްރޫޢު: ރައީސް

 

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" ނުވަތަ ގޮންޖެހުންތައް ގިނަ މަޝްރޫޢުކަމަށް, އެ މަޝްރޫޢު ކުރިއަށް ދިޔައިރު ހައުސިންގ މިނިސްޓަރު ކަން ކުރެއްވި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ "ސީޖީޓީއެން" ޓީވީ ޗެނަލަކަށް ދެއްވި ޚާއްސަ ބަސްތީގަތުމެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވި އެންމެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ އެހީގައި ކަމަށެވެ. 

އަދި މަޝްރޫޢު ތަކުގެ ފައިދާ ދިވެހިރައްޔިތުންނަށް މިހާރުވެސް ކުރަމުންދާކަން ފާހަގަކުރައްވައި މިސާލެއްގެ ގޮތުން އެމަނިކުފާނު ވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދިޔަ ޗައިން މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ އެއު "ލޭންޑް މަރކް" މަޝްރޫއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޕްރޮފެޝަނަލް އިންޖިނިއަރެއްގެ ޙައިސިއްޔަތުންވެސް އެ މަޝްރޫޢުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި، ރައީސް މުޢިއްޒު ވަނީ، އިންޖިނިއަރިންގެ ގޮތުން ބަލާއިރުވެސް، އެއީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ޤައުމެއްގައިވެސް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީތިމާވެށީގެ ގޮތުން ބަލާއިރު ވަރަށް އުނދަގޫ ތަނެއްގައި ބްރިޖް އަޅާފައި މިވަނީ. އެތައް ދިރާސާއެއް ކުރަންޖެހުނު. ބިންގަނޑުގެ 110 މީޓަރު އަޑިއަށް ތަނބު ވަނީ ޖަހާފައި. ސަރަޙައްދުގެ ކަނޑުގެ ފުންމިން 45 މީޓަރު. އެހެންވީމަ 150 މީޓަރުގެ ޕައިލްތައް އެބަހުރި ޖަހާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތަކީ ރައީސް ޔާމީންގެ ވެެރިކަމުގައި 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ބުރިޖެކެވެ. އޭގެ ތެރެއިން 126 މިލިއަން ޑޮލަރަކި ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި ބުރިޖުގެ މަސައްކަތް ބެލެހެއްޓެވީ ޑރ.މުއިއްޒުއެވެ.

ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލައި ހުޅުވާފައި ވަނީ، 2018 ވަނައަހަރުގެ އޮގަސްޓުމަހު 30 ވަނަ ދުވަހުގެރޭގައެވެ. 

 

މިއަދު އޮންލައިން