އެމްޓީސީސީގެ އިތުރުން، އިތުރު ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެމްޓީސީސީގެ އިތުރުން، އިތުރު ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި

ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެމްޓީސީސީގެ އިތުރުން، އިތުރު ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެެ.

މިކަން ހާމަ ކުރެއްވީ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމެވެ.

ނާޒިމް ވިދާޅުވީ، އެމްޓިސީސީގައި ވަަރަށް ގިނަ މަސައްކަތްތައް ފުނިޖެހިފައިވާ ކަމަށެވެ. 

ނާޒިމް ވިދާޅުވި ގޮތުގައި އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައިވާތީވެ އެކަންކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިއަދުގެ ކެބިނެޓުގައި ވަނީ މަޝްވަރާ ކޮށްފައެވެ. 

"އިތުރު ކުންފުންޏެއް ހަދާ ވާހަކައަކީ މިހާރު އެމްޓީސީސީގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމަށް ސަތޭކަ އެތައް ޕްރޮޖެކްޓެއް ފުނިޖެހިފައި އޮތުމާއެކު، އެމްޓީސީސީގެ ކެޕޭސިޓީގައި އެހުރިހާ މަސައްކަތެއް ކުރުމުގެ ގާބިލުކަން ނެތީމަ، އެފަދަ ޒާތުގެ މަސައްކަތްތައް ކުރާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި އިތުރު ކުންފުންޏެއް ހެދުމުގެ މަސައްކަތް، މުހިންމު ކަމަކީ ކުންފުނިތައް ހަރުދަނާ ކޮށް ހަރުދަނާ އުސޫލުގެ ތެރެއިން ބެލެހެއްޓެނިވި ގޮތަކަށް ޒިންމާދާރު ކުރުވަނިވި ގޮތަކަށް ކުރުން، އޭރަށް އެކަމަށް ހައްލެއް ލިބިގެންދާނީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއަދު މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލިހަށް ހުށަހެޅި ކަރުދާހަކީ، ދައުލަތުގެ ކުންފުނިތަކުގެ ވަރަށް ބޮޑެތި ދަރަނިތައް ހުރުމުން ނުވަތަ އެކުންފުނިތަކުން އެދަރަނި ކުޑަކުރުން ނުވަތަ މާލީފައިދާ ލިބޭ ކުންފުނިތަކެއްގެ ގޮތުގައި އެކުންފުނުތައް ހިންގުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރުމަށްޓަކައި ހުށަހެޅުނު ކަރުދާހެކެވެ.

މިއަދު އޮންލައިން