1 މާރިޗުން ފެށިގެން އެންބިއުލަންސްގެ ޚިދުމަތް ތައިލެންޑާ ހަމަޔަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
1 މާރިޗުން ފެށިގެން އެންބިއުލަންސްގެ ޚިދުމަތް ތައިލެންޑާ ހަމަޔަށް!

1 މާރިޗުން ފެށިގެން އެންބިއުލަންސްގެ ޚިދުމަތް ތައިލެންޑާ ހަމަޔަށް ފުޅާކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ، "ބަލިމީހުން އުފުލަން އެއަރ އެމްބިއުލަންސް 1 މާރިޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. އެންމެ އުތުރުން ނޫނީ އެންމެ ދެކުނުން މާލެއަށް ކުޑައިރުކޮޅަކުން އާދެވުމުގެ އިތުރަށް ކުއްލިއަކަށް ރާއްޖެއިން ބޭރަށް ތައިލެންޑާ ހަމަޔަށް ގެންދަންވިޔަސް އެ ޑޭޝް 8 ގައި ދާނެ." ކަމަށެވެ.

ސިއްހީ ޚިދުމަތް ހޯދުމަށް ވަކި ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ދުނިޔޭގެ ނިސްބަތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ލިބޭ ޤައުމުތަކުން، ރާއްޖޭގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ދުބާއީ އަދި ތައިލެންޑް ފަދަ ތަރައްޤީވެ ކުރިއަރާފައިވާ ޤައުމުތަކުން ރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާގެ ޚިދުމަތް ލިބިގެންދާ ގޮތް ހެދިގެން ދިއުމުން ރައްޔިތުންނަށް ލުއިފަސޭހަވެ ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ލިބިގެންދާނެކަމަށް ވެސް އިއްޔެ ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން