އިންޑިޔާގެ އުޅަނދުތައް ބޭނުންކުރުން ހުއްޓާލާ، ބަލިމީހުން އުފުލުން މޯލްޑިވިއަންގެ ޑޭޝް-8 އަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ
އިންޑިޔާގެ އުޅަނދުތައް ބޭނުންކުރުން ހުއްޓާލާ، ބަލިމީހުން އުފުލުން މޯލްޑިވިއަންގެ ޑޭޝް-8 އަށް

އިންޑިއާގެ އުޅަނދުތައް ބޭނުން ކުރުން ހުއްޓާލާ، މާރޗް މަހުން ފެށިގެން ބަލިމީހުން އުފުލާނީ މޯލްޑިވިއަންގެ ބޯޓުތައް ބޭނުން ކޮށްގެންކަމުގައި ރައީސް މުއިއްޒު ވިދާޅު ވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާރިޗް މަހުން ފެށިގެން އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާގެ ބޭނުން ކޮށްގެން ބަލިމީހުން އުފުން މަޑުޖައްސާލަން ނިންމާފައިވާ ކަމުގައެވެ.

ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް މާޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި.ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަލިމީހުން އުފުލުމަށް ބޭނުންކުރުމަށް ހަމަޖެހިފައިއިވާ މޯލްޑިވިއަންގެ ޑޭ-8 މަރަކައިގެ ފްލައިޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ރައީސް ވިދާޅުވީ އިންޑިއާގެ އުޅަނދުގެ ބަދަލުގައި ބަލި މީހުން އުފުލަން ދެން ބޭނުން ކުރާނީ މޯލްޑިވިއަންގެ ޑޭޝް-8 މަރުކައިގެ ފްލައިޓެއް ކަމަށެވެ.

މިއަދު އޮންލައިން