އިންޑިޔާއަށް ކާޑުގެ ބާވަތްތަކުން ބަރޯސާވުން ނިމުމަކަށް ގެނައުމަށް ތުރުކީއާއެކު އެއްބަސްވުމަކަށް: ރައީސް ޑރ މުއިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
އިންޑިޔާއަށް ކާޑުގެ ބާވަތްތަކުން ބަރޯސާވުން ނިމުމަކަށް ގެނައުމަށް ތުރުކީއާއެކު އެއްބަސްވުމަކަށް: ރައީސް ޑރ މުއިއްޒު

ކާޑުގެ ބާވަތްތައް, ހަނޑޫ, ހަކުރު, ފުށަށް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ތުރުކީއާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީއާއެކު އެއްބަސްވުން ހެދިކަން ރައީސް ހާމަ ކުރައްވާފައިވަނީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފު ނިންމަވާލެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައެވެ.

"އަޅުގަނޑުމެންގެ ބޭސިކް ކޮމާޑެޓީސް, ހަނޑޫ, ހަކުރު, ފުށް . އެންމެ ދިމާޔަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ މިހާރު ތުރުކީއާއެކު އެއްބަސްވެފައި. ހަނޑޫ ހަކުރު ފުށް ތުރުކީން މުޅި ރާއްޖެއަށް ބޭނުންވާ ވަރަށްވުރެ 10 އިންސައްތަ އިތުރަށް ވަނީ އެއްބަސްވުންތައް ހެދިފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތުރުކީއަށް ފުށުގެ ފުރަތަމަ ޝިޕްމެންޓަށް އޯޑަރު ދީފައިވާ ކަމަށާއި އަންނަ މަހު އެ ޝިޕްމެންޓު ލިބޭނެ ކަމަށެވެ. 

ހުވާ ކުރެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު ވަނީ ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މިއަދު އޮންލައިން