ތިބުމުގެ ޚަރަދާއެކު ޔޫއޭއީ، ދުބާއީ، ތައިލަންޑަށް އާސަންދަ ފުޅާކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިބުމުގެ ޚަރަދާއެކު ޔޫއޭއީ، ދުބާއީ، ތައިލަންޑަށް އާސަންދަ ފުޅާކުރަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލެންޑްފަދަ ކުރިއަރާފައިވާ ޤައުމުތަކުން، އެތަންތަނުގައި އެކޮމޮޑޭޝަންވެސް ލިބޭގޮތަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީޗައިނާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހެލްތް ފެސިލިޓީތައް ރަނގަޅުވަންދެން ދިވެހިން ދެން ދާނީ ރާއްޖެއިން ބޭރުން ޚިދުމަތް ހޯދާ، މިހަރަށްވުރެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލުތަކަށް ކަމަށެވެ.

އާސަންދަ ނިޒާމަކީ ވަކި ޤައުމެއްގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށް ގޮސްގެން އެކަނި ބޭނުން ކުރެވޭ އެއްޗަކަށް ނުހަދާ އެއަށްވުރެ ފެންވަރު ރަނގަޅު ޤައުމަކަށް އާސަންދަ ފުޅާކުރާނަން. އަދި އެކޮމަޑޭޝަން އެކްސްޕެންސެއް ހިމެނޭ ގޮތަށް އާސަންދަ ފުޅާ ކުރާނަން.ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި މި ގައުމުތަކުން އާސަންދަ ހަމަޖެހިގެންދާއިރު، އެތަންތަނުގައި ބޭހަށް އެކަމަޑޭޝަންވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

އާސަންދައިން ބޭސްފަރުވާގެ އެހީ މިހާލިބޭ ގިނަ ހޮސްޕިތަކަކީ އިންޑިއާގެ ހޮސްޕިޓަލް ތަކެވެ.

 

މިއަދު އޮންލައިން