ރައީސް ޑރ މުއިއްޒު ބޭނުންވާ ތަރައްގީ މާލެސިޓީއަށް ގެނައުމަށް އެންމެ ގާބިލު ބޭފުޅަކީ އާޒިމާ: ނައިބު ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 7ސ
ރައީސް ޑރ މުއިއްޒު ބޭނުންވާ ތަރައްގީ މާލެސިޓީއަށް ގެނައުމަށް އެންމެ ގާބިލު ބޭފުޅަކީ އާޒިމާ: ނައިބު ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓިއަށް ގެންނަން ބޭނުންވި ތަރައްގީ އާއި ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެއްދެވުމަށްޓަކައި މާލޭގެ މޭޔަރު ކަމަށް އާޒިމާ ޝަކޫރަކީ އެންމެ ގާބިލް ބޭފުޅާ ކަމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

މާލެ ސިޓީ މޭޔަރުކަމަށް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވާ އާޒިމާ ޝަކޫރާއި މާލޭގެ ތިން ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ހުސައިން ވިދާޅުވީ ދިރިއުޅުމުގެ ކަންކަން ބިނާ ކުރަމުންދާއިރު، އަބަދުވެސް ވިސްނަންވީ ކުރިއަށް އަޅާ ފިޔަވަޅުގެ މައްޗަށް ކަަމަށެވެ. އަދި ގިނަ ފަހަރު މާޒީގައި ކަންތައް ވެގެން ގޮސްފައިވާ އޮތް ގޮތުގެ މަތިން ހަނދާން ނައްތާލެވޭ ކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ލިބެން އޮތް އުފަލަށްޓަކައި، ލިބެން އޮތް މީރު މޭވާއަށްޓަކައި އަޅުގަނޑުމެންނަށް ފަހަތަކަށް ބަލާ ނުލެވޭ، މިފަދަ ގޮތަކަށް ކަންކަން ކުރުމުން އަޅުގަނޑުމެންގެ ހަޔާތުގައި ގެއްލުން ލިބެނިވި ކަންކަން ކުރިމަތިލާން ޖެހިފައި އެބަ ހުރި ހާއްސަ ގޮތެއްގައި މި ސިޔާސީ މައިދާނުގައި،"،

އެމަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް މިކަމާއި ކުރިމަތިލާން ޖެހުނު ކަމަށެވެ.

މިގޮތުން ލާމަރުކަޒީ ގާނޫނު އައުމުގެ ކުރިން ޕީޕީއެމް/ޕީއެންސީގެ ފިކުރަކަށް މާލޭގެ މެޖޯރިޓީ ލިބިފައި ނުވާކަން ފާހަގަކުރައްވަމުން ނައިބް ރައީސް ހުސައިން ވިދާޅުވީ، މި ފިކުރު ތަޖުރިބާ ކޮށްލަން ލިބުނީ މިދިޔަ ދެ އަހަރާއި ހަ މަސް ދުވަހުގައި ކަމަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި، އެމަނިކުފާނު ތަފާތު ދައްކުވާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"ވައުދުވެ ވަޑައިގެންނެވި ގޮތަށް މާލެގެ ރައްޔިތުންނަށް ގިނަގުނަ، ކަންތައްތަކެއް އެބޭފުޅާއަށް ކޮށްދެވެން އޮތް ނިސްބަތަކުން، ގާނޫނީ އިމުގެ ތެރެއިން، ސަރުކާރަށް ނުފޫޒު ނުފޯރުވޭ ފަދަ ކަންކަން ވަނީ ރައްޔިތުންނާއި ހަމައަށް ތަންފީޒުކޮށްދެއްވާފައި،".

އެކަން އެމަނިކުފާނު ކުރެއްވީ ދުނިޔޭގެ ބޮޑެތި ސިޓީތައް ނަމޫނާއަކަށް ބައްލަވައިގެން ކަމަަށާއި، މި ސިޓީ އަށް އެމަނިކުފާނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ހާމަކުރައްވައި ނައިބް ރަައީސް ހުސައިން ވިދާޅުވީ ސަރުކާރުގެ ނުފޫޒާއި މަޖިލީހުގެ ބާރުގެ ތެރެއިން ގިނަ ކަންކަން ނުކުރެވި ހުރިކަންވެސް ފާހަގަކުރައްވާ ކަމަށެވެ. އަދި އެއިން ކޮންމެ ކަމެއްވެސް ކުރެވޭނީ ފައިސާ އާއި އެހެނިހެން ގާނޫނީ އިމުގެ ތެރެއިން ލިބެން ހުރި ބާރު ލިބިގެން ކަމަށްވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، ސަރުކާރަކާއެކީގައި ހިދުމަތެއް ލިބެން ބޭނުންވާނަމަ މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

މިއަދު އޮންލައިން