މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ނިންމައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ނިންމައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތައް ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ބައްދަލުވުމުގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒަށް ޤާނޫނު އަސާސީން ލިބިގެންވާ ބާރުގެ ދަށުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، މި އޮތޯރިޓީގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމާފައިވަނީ އޮން ޝޯ ބެންކެއްގެ އޮޕަރޭޝަންނަށް ލައިސެންސް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ގަވައިދެއް އެކުލަވާލުމަށްފަހު އެ މަސައްކަތްތައް ގަވައިދުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން ވެސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާއި ގުޅޭ ޤާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާއި ބިލެއް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން އެ ބިލު ފާސްކުރުމުގެ މަސައްކަތްތައް ކުރެއްވުމަށް ރައީސް ނިންމަވާފައި ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި އުފެދޭ މި ބޭންކަށް ޤާނޫނީ ހައިސިއްޔަތު ލިބިގެން މިކަން ކުރެވިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މިއަދު އޮންލައިން