ރަސްމާލެއާ ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިންހިއްކައި ނިމުމުން މާލެސަރަޙައްދަށް ކުރިމަތިވެފައިއޮތް ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ޙައްލުކުރެވިގެންދާނެ!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ
ރަސްމާލެއާ ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިންހިއްކައި ނިމުމުން މާލެސަރަޙައްދަށް ކުރިމަތިވެފައިއޮތް ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ޙައްލުކުރެވިގެންދާނެ!: ރައީސް ޑރ. މުޢިއްޒު

މިއަދު ބިންހިއްކަން ފެށި ރަސްމާލެއާ ގުޅިފަޅު ސަރަޙައްދުން ހިއްކާ އިތުރު ބިމާ އަދި ގިރާވަރުފަޅުން ހިއްކާ އިތުރުބިން ހިއްކައި ނިމުމުން މާލެސަރަޙައްދަށް ކުރިމަތިވެފައިއޮތް ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ޙައްލުކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިކަން ހާމަކުރެއްވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. 

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

ދެން މާލެ ސަރަޙައްދުގައި، މާލެއާއި މާލެ ކައިރީގައި އޮތް މި ސަރަޙައްދުގައި، ގްރޭޓަރ މާލެ، މި ސަރަޙައްދަކީވެސް މި ދެންނެވި ގޮތަށް، ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން އެދިއެދި ތިބި މި ބޮޑު މައްސަލައަށް ހައްލު ގެނެސްދޭވަރުގެ ތަރައްޤީގެ މަޝްރޫޢެއް ހިންގައިދޭނެ ސަރަޙައްދަކަށް ހަދައިދޭނެ ކަމުގެ ވަޢުދު އަޅުގަނޑުވީން. 

އެ ވަޢުދުގެ ދަށުން ފެށޭ އެންމެ މުހިންމު މަޝްރޫޢު މިއަދު މި ފެށެނީ. މިއާއެކީގައިވެސް އަޅުގަނޑުމެންގެ ޕްލޭންގައި އޮންނާނެ، އަދި އިޢުލާނުވެސް ކުރިން، ގުޅިފަޅުގައި މިހާރު ފެށިފައިވާ މަޝްރޫޢުވެސް، އެއެއް ނޫނޭ އަޅުގަނޑުމެންގެ ޕްލޭންގައި އޮތް މިންވަރަކީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ގުޅިފަޅުވެސް މިހާރު އެ ހިއްކަމުންދާ މިންވަރަށްވުރެ މާބޮޑުތަނުން ހިއްކަން ނިންމާފައި ވާނީ. 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަނީ. އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ވޮލިއުމް ރިކްލެމޭޝަން ގޮތުގައި ކުރިއަށްދާނެ. އޭގެ ސަބަބުން 85 ހެކްޓަރުގެ ލޭންޑް، ބިން އިތުރުވެގެންދާނެ ގުޅިފަޅަށް. 

ހަމަ އެއާއެކީގައި، ގިރާވަރުފަޅުގައިވެސް، މިހާރު އެ ކުރިއަށްދާ މިންވަރަށްވުރެ މާބޮޑުތަނުން އިތުރުކުރެވި، އިތުރު 50 ހެކްޓަރު، ގިރާވަރު ފަޅުންވެސް އަޅުގަނޑުމެން ހިއްކާނަން. އެހެންވީމާ، އަދި މި ދެންނެވި ތަންތަން ބުރިޖުން ގުޅި، މުޅި އެ ސަރަޙައްދަކީ އެކުއެކީގައި ލާމެހިފައިވާ ސަރަޙައްދަކަށް ވެގެންދާނެއޭ. 

ހަމަ އެއާއެކީގައި، މިއަދު މި ތަނުގައި މި ފެށޭ މަޝްރޫޢަކީ، މިއަދާ ހަމަޔަށް ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢު. މި މަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން އިރާދަކުރެއްވިއްޔާ، މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި. 1153 ހެކްޓަރުގެ ބިމަކީ، ބޮޑުމިނަށް ބަލާނަމަ، ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިންގުނަ. 

އެހެންވީމާ، މިތަން ވެގެންދާނީ، ދެންމެ އަޅުގަނޑު މި ދެންނެވި ގިރާވަރުފަޅާއި، ގުޅިފަޅާއި، ހުޅުމާލެ، މި ތަންތަނާ އެކީގައި، މި ފުށިދިއްގަރު ފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިޔުމުން، މާލޭގެ ރައްޔިތުންނަށް، ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް އިރާދަކުރެއްވިއްޔާ، ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ، ހައްލުކޮށްދޭނަން މިތަނުން. އަދި މާލޭގައި ދިރިއުޅޭ އެހެން ހުރިހާ ރައްޔިތުންނަށްވެސް ހަމަ އެ ހައްލު މިތަނުންނާއި، ދެންމެ މި ދެންނެވި ބިންތަކުންނާ އެކުއެކީގައި ހައްލުކޮށްދޭނަން. ހައްލުވެގެންދާނެ އިރާދަކުރެއްވިއްޔާ.

އަދި ހަމަ އެއާއެކީގައި، ރާއްޖޭގެ އެހެން ރަށްރަށުންވެސް މިތަންތަނުން ގޯތިގެދޮރު ބޭނުންވާ ފަރާތްތަކަށް ހަމަ އެ ފުރުޞަތު ލިބޭގޮތަށް ޕްލޭން ކުރެވިފައި ވަނީ. އެ ފުރުޞަތުވެސް ހަމަ ލިބިގެންދާނެ. ހައްލު ހޯދައިދޭނަން. 

65000ހައުސިންގ ޔުނިޓް، އެއީ، ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް، މި ޑިވެލޮޕްމަންޓްގެ ތެރޭގައި ޤާއިމުކުރުމަށް ޕްލޭން ކުރެވިފައި މިވަނީ. މިތަން އަޅުގަނޑުމެން މި ތަރައްޤީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި، އިންޓަރނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެން. މެދަށް ތިން މީޓަރު އުސްމިން، އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ. އެހެންވީމާ، އިންޓަރނޭޝަނަލް މިންގަނޑުތަކުން ބަލާއިރުގައި، ސޭފް އައިލެންޑެއްގެ ގޮތުގައި ކަނޑައެޅޭ އުސްމިނަށް މިތަން ހިކިގެންދާނީ. 

އަދި އެއާއެކީގައި، ކްލައިމެޓް އެޑެޕްޓޭޝަންގައި، އަޅުގަނޑުމެން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ޤާއިމުކުރާނީ. މިތަން ޕްލޭން ކުރެވިގެންދާނީ އެގޮތަށް. ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާޙައުލެއް ލިބިގެންދާ ތަނަކަށް މިތަން ވާނީ. 

އަޅުގަނޑު މި ގަސްތުކުރަނީ އިރާދަކުރެއްވިއްޔާ، މިތާނގައި ޤާއިމުވެގެންދާ ސިޓީއަކީ، ޒީރޯ ކާރބަން ސިޓީއަކަށް ހެދުމަށް. މާނައަކީ މިތާ ދުއްވާ އުޅަނދުފަހަރުވެސް ތިމާވެށްޓާ ރައްޓެހި ފިއުލް ބޭނުންކުރާނީ. ނޫނީ އެގޮތަށް ދުއްވާނީ. އިލެކްޓްރިކް ނިޒާމު، ނޫނީވިއްޔާ ބެޓެރީ ނިޒާމެއް. މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީޒެއް، ގެދޮރާ، ހުރިހާ ކަމެއްގައި ރިނިއުބަލް އެނަރޖީގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން، މުޅި ސިޓީ އަޅުގަނޑުމެން ހިންގާނީ.

ފެހި، އެންވަޔަރަންމަންޓަލް ފްރެންޑްލީ، އިކޯ ސިޓީއަކަށް މިތަން ހަދާނީ. މިތަން ވާނީ އިންޓަރނޭޝަނަލީ ބްރޭންޑް ކުރެވިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ މިތަން އަޅުގަނޑުމެން ކަނޑައަޅާނީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި. 

މިއީ މިހާތަނަށް ހިއްކޭ އެންމެބޮޑު ބިން. އެންމެ ރަސް ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ "ރަސްމާލެ". ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިއަދު މި ފަށަނީ. މީގެ ސަބަބުން އިރާދަކުރެއްވިއްޔާ، އަޅުގަނޑު ދެންމެ ދެންނެވި ފަދައިން، މާލެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގެދޮރުގެ މައްސަލަ، ދެންމެ މި ދެންނެވި ފަދައިން، ދެން މި ހިއްކާ ބިންތަކަށް އިތުރުކުރެވޭ ބިމާ އެކުއެކީގައި މި ފަސް އަހަރު ނިމިގެންދާއިރު، ﷲގެ އިރާދަފުޅާ އެކީގައި ހައްލުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތަކުރާރުކޮށް އަރުވަން. 

އެހެންވީމާ، ރައްޔިތުންނަށްޓަކައި އަޅުގަނޑުވީ ވަޢުދު، އަޅުގަނޑުމެން އެކުއެކީގައި ބުރަ މަސައްކަތްތައް ކޮށްގެން ފުއްދަން ފަށައި، އެ މަސައްކަތް މި ފުއްދިގެން މިދަނީ. ހަފްތާ ސާދައިގެ ހަތަރު ހަފްތާ ވެގެންދިޔައިރު، ހަތަރު ހަފްތާއަށް އަޅުގަނޑުމެން ކަނޑައެޅި ހުރިހާ ކަމެއް، އަކުރުން އަކުރަށް އިރާދަކުރެއްވީތީ ހައްލުވެފައިވޭ. ހާސިލުކުރެވިފައިވޭ. ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް. އެންމެ ވަޢުދެއްވެސް ނެތް ހާސިލުނުވެއެއް، ހަފްތާ ސާދައިގައި ހަތަރު ހަފްތާއަށް ކަނޑައެޅި ކަންކަމުގެ ތެރޭގައި. 

އަޅުގަނޑު، 18 ނޮވެންބަރުގައި، މާފަންނުގައި ގަޑިބުރު އިފްތިތާޙު ކުރަން ބޭއްވި ޖަލްސާގައި، އެރޭ ރައްޔިތުންނަށް ދެންނެވިން، "މިއަދުން ފެށިގެން 30 ދުވަސް ހަމަވުމުގެ ކުރިން، ފުށިދިއްގަރުގެ ބިން ހިއްކަން ފަށާނަމޭ." މިއަދަށް މިވަނީ 30 ދުވަސް. 

އެހެންވީމާ، އަޅުގަނޑުމެންނަކީ އިރާދަކުރެއްވިއްޔާ، ވާ ވަޢުދު، ވީގޮތަށް ފުއްދާނެ ބައެއް. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައިވެސް ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ، އަޅުގަނޑުމެންގެ ކިބައިން އިޚްލާޞްތެރިކަން، ތެދުވެރިކަން، އަމާނާތްތެރިކަން. ރައްޔިތުންނާ އެކީގައި، ރައްޔިތުން ބޭނުންވާ ތަރައްޤީ، ރައްޔިތުން ބޭނުންވާ ދުވެލީގައި، ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް ގެނެސްދޭ ސަރުކާރެއް މިއީ. އެގޮތުގައި އަޅުގަނޑުމެން ދާއިމަށް ތިބޭނެ ވާހަކަ ހަމަ ރައްޔިތުންނަށް ޢަމަލީގޮތުން ދައްކަމުންދާނަން. އެހެންވީމާ، މިތަނުގައި މިއަދު މި ފެށޭ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް ގެންގޮސް މިގޮތުން ނިންމާނީ. 

މިތަނަށް އަދި ޓްރާންސްޕޯޓްގެ ގޮތުން ބަލާއިރުގައި، އެއްކަމަކަށް، މާލެއާއި މިތަނާ ދޭތެރޭގައި، މި ރަސްމާލެއާ ދޭތެރޭގައި މިހާރު ބޭނުންކުރާ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް އެބަހުރި. ކަނޑުގެ ރޯޅި، ނޫނީވިއްޔާ އޮއިގައި، ނޫނީވިއްޔާ ރާޅުގައި އެހާބޮޑަށް އުނދަގޫނުވާ ކަހަލަ، ދުއްވޭކަހަލަ ލޯންޗްފަހަރު، ފެރީ ނިޒާމު އެބަހުރި ދުނިޔޭގައި. އެކަހަލަ ހައި ސްޕީޑް ނިޒާމު ގެނައުމަށް އަޅުގަނޑުމެން ނިންމާފައިވޭ.

މިއަދު އޮންލައިން