ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބި ޒަމާނީ ތަރައްޤީގެ ފައިދާކުރާނެ ގޮތަށް މުޅިރާއްޖެ ތަރައްޤީކުރާނަން!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބި ޒަމާނީ ތަރައްޤީގެ ފައިދާކުރާނެ ގޮތަށް މުޅިރާއްޖެ ތަރައްޤީކުރާނަން!: ރައީސް ޑރ. މުޢިއްޒު

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބި ޒަމާނީ ތަރައްޤީގެ ފައިދާކުރާނެ ގޮތަށް މުޅިރާއްޖެ ތަރައްޤީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިކަން ހާމަކުރެއްވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. 

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

އާދެ، މިތަނުގައި އަޅުގަނޑުމެން އެންމެން އައިސް މި އިޙްތިފާލް ކުރަނީ ވަރަށްވެސް މުހިންމު މަސައްކަތެއްގެ ފެށުން. 

އަޅުގަނޑު ކެމްޕެއިން ތެރޭގައި ރައްޔިތުންނަށް ތަކުރާރުކޮށް ވަޢުދުވިން، ދެންނެވިން، އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި، ޤައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުން ނަގާފައި، ދެން އެންމެ އިސްކަމެއް ދޭނީ، ގެދޮރުވެރިކަން، ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ކަމަށް. އަދި އެކަމަށްޓަކައި ރާއްޖޭގައި ހުރިހާ ސަރަޙައްދެއްގައި، ރާއްޖޭގެ މެދުތެރެ، އުތުރު، ދެކުނު، ހުރިހާ ސަރަޙައްދެއްގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޕްލޭންކޮށްގެން ގެދޮރުވެރިކަމުގެ ފުރުޞަތުތައް ހުޅުވާލަދީ، މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް.

އުތުރާއި ދެކުނުގައި އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯންތަކެއް ޤާއިމުކުރެވި، އެ ސަރަޙައްދުތަކަކީ، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އަދި އެ ސަރަޙައްދުތަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެކަށީގެންވާ ވަރަށް ގެދޮރުވެރިކަން ލިބޭ އަދި ތަރައްޤީގެ ފުރުޞަތުތައް އޮތް ސަރަޙައްދުތަކަކަށް ހަދައިދޭނެ ކަމަށް. 

އަދި އޭގެއިތުރަށް، އުތުރާއި ދެކުނުގެ ކަނޑައެޅޭ އެކި ރަށްރަށަކީ، އެ ރަށްރަށް ތަރައްޤީ ކުރެވި، 7 އަރބަން ސެންޓަރެއް ގޮތުގައި 7 ސަރަޙައްދެއް ތަރައްޤީ ކުރާނެ ކަމާއި، އެ ސަރަޙައްދުތަކަކީވެސް މި ދެންނެވި ގޮތަށް ގެދޮރުވެރިކަމުގައި އެކަށީގެންވާ ވަރަކަށް ފުރުޞަތު ލިބިފައިވާ، ހައުސިންގ ސްޓޮކް އެކަށީގެންވާ ވަރަށް ޤާއިމުކުރެވިފައިވާ އަދި ތަޢުލީމާއި، ޞިއްޙީ އަދި އެކިކަހަލަ ވަޒީފާގެ ފުރުޞަތުތައް ޤާއިމުކުރެވިފައިވާ ސަރަޙައްދުތަކަށް ހަދައިދޭނެ ކަމަށް.

މިއަދު އޮންލައިން