ވެފައިވާ ހުރިހާ ވަޢުދުތަކެއް މިގެންދަނީ ބާރު ސްޕީޑްގަ ފުއްދަމުން!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ވެފައިވާ ހުރިހާ ވަޢުދުތަކެއް މިގެންދަނީ ބާރު ސްޕީޑްގަ ފުއްދަމުން!: ރައީސް ޑރ. މުޢިއްޒު

މީގެ އިތުރަށް، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މުޅިން ހުއްޓާލުމަށް އަޅުގަނޑުމެން ވީ ވަޢުދަށް ވެސް ފުރަތަމަ ދުވަހުން ފެށިގެން އަޅުގަނޑުމެން މި އަންނަނީ ވަފާތެރިވަމުން. ހަމައެހެންމެ، ހަފުތާ 14ގެ ތެރޭގައި މަސްވެރީންނަށްޓަކައި ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް އެވަނީ ފެށިފައި.

ފައިސާ ޗާޕުކުރުން ހުއްޓާލާނެކަން އެއީ ވެސް އަޅުގަނޑުވީ ވަޢުދެއް. އަޅުގަނޑުމެން ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓައިލައިފިން. 

ހަމަ އެހެންމެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް އެ ދަނީ ކުރިޔަށް. މިފްކޯއަކީ މަސްވެރިންގެ ބަސްހިމެނޭ ސަތޭކަ އިންސައްތަ ދައުލަތުގެ ކުންފުންޏަކަށް ހަދަން ކެބިނެޓުން ދާދި ފަހުން ފާސްކުރެއްވުމަކީ ވެސް މިފަދައިން ނިމިގެން ދިޔަކަމެއް. 

1000 ފަގީރުން ޙައްޖަށް ފޮނުވުމުގެ ވަޢުދުގެ ތެރެއިން ފުރަތަމަ ޙައްޖަށް ފޮނުވަން ކަނޑައަޅާ 50 މީހުން ފޮނުވުމުގެ އިންތިޒާމީ މަސައްކަތްތައް ވެސް އެވަނީ ފާސްކުރެވިފައި. ޒަކާތު ހައުސް އުފައްދަން ކެބިނެޓުން ފާސްކުރައްވައި، އެ މަސައްކަތް ވެސް އެ ދަނީ ހިނގަމުން.

ހަމަ މިއާއެކު، ތެލަސީމިޔާ ބަލިހުންނަ ކުދީންނަށް މަތީފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމާއި، ވަކިން ޚާއްޞަކޮށް، ސަރުކާރުގެ ޚަރަދުގައި އެ ކުދިންގެ ބޯންމެރޯ ހެދުމުގެ އިންތިޒާމު އެދަނީ ހިނގަމުން. ފުރަތަމަ ކުއްޖާ މިހާރުވަނީ ފޮނުވިފައި. އަދި އިތުރު 4 ކުދިން ވަރަށް އަވަހަށް ފުރާނެ. ހަމައެހެންމެ، ދަރީން ނުލިބުމުގެ ހިތާމަ ތަޙަންމަލްކުރަމުންދާ ދިވެހިރައްޔިތުންނަށް އެކަމުގެ ފަރުވާ ރާއްޖެއާއި ރާއްޖެއިން ބޭރުން ހަމަޖެއްސުމުގެ ކަންކަން އެދަނީ ކުރިޔަށް. ޚާއްޞަކޮށް، އާސަންދަ މެދުވެރިކޮށް އައި.ވީ.އެފް. ހެދުމުގެ ފުރުޞަތު އެ ދަނީ ފަހިވަމުން.

މީގެ އިތުރަށް، ކޮންމެ ދިވެހި ރައްޔިތަކަށް އާސަންދަ މެދުވެރިކޮށް ހިލޭ މެޑިކަލްޗެކަޕް، ކޮންމެ އަހަރަކު ދެ ފަހަރު ހެދޭ ގޮތް ހަމަޖެހިގެން ދިޔުން ފަދަ ކަންކަމަކީ 4 ވަނަ ހަފުތާއާ ހަމައަށް އައި އިރު ކަނޑައެޅިފައިވާ މިންވަރަށް ކުރިޔަށް ގެންދެވި ނިމިފައި ހުރި ކަންކަން. ގެދޮރުވެރިކަމުގައި ލުއި ގޮތްތަކެއް ހޯދައި ދިނުމުގައި ވެސް އަޅުގަނޑު ވީ ވަޢުދާ އެއް ގޮތަށް ފުލެޓުތަކާ ގުޅޭ ގޮތުން އެތައް ލުއިތަކެއް އެވަނީ ތަޢާރުފުކުރެވިފައި. މިސްކިތްތައް އާބާތުރަ ފިލުވައި ރީތިކުރުން އިހަށްވުރެ ތިން ގުނައަށް އިތުރުކުރުމަށްޓަކައި ވީ ވަޢުދާ އެއްގޮތަށް އެކަމުގެ ބަޖެޓަށް ވެސް 15 މިލިޔަން އެ ވަނީ އިތުރުކުރެވިފައި. 

މިއަދު އަޅުގަނޑު އުފާކުރަނީ ހަފުތާ 14ގެ ހުރިހައި ވަޢުދެއް ހަތަރުވަނަ ހަފުތާގެ ލަނޑުދަނޑިތަކާ އެއްވަރަށް އަކުރުން އަކުރަށް ފުރިހަމަވެފައިވާތީ. ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ ލިބެމުންދާތީ. އަދި ލިބެމުންދާނެތީ. ކުރިޔަށް އޮތް ހަފުތާތަކުގައި ވެސް އަދި އިރާދަކުރެއްވިއްޔާ މުޅި މި ދައުރުގައި ވެސް، އަޅުގަނޑުވެފައިވާ ވަޢުދުތައް އަޅުގަނޑުމެންގެ ހީވާގި، މުރާލި ޓީމުން ފުއްދަމުން ގެންދާނަން.

 

މިއަދު އޮންލައިން