އިންޑިއާ ސިފައިން އަނބުރާ ގެންދާނެކަމުގެ ޔަޤީންކަން އިންޑިއާއިން ވަނީ ދީފަ!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
އިންޑިއާ ސިފައިން އަނބުރާ ގެންދާނެކަމުގެ ޔަޤީންކަން އިންޑިއާއިން ވަނީ ދީފަ!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމަށް، ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އިންޑިއާއަށް އަންގާފައިވާ ކަމަށާއި އަދި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށް އެބަދާކަމަށާއި  އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ޔަޤީންކަމަކީ އިންޑިޔާ ސިފައިން އަނބުރާ ރާއްޖެއިން ގެންދާނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ޤައުމާއި މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

އަޅުގަނޑު ދިވެހި ރައްޔިތުންނަށް އަރުވާ ކަށަވަރުކަމަކީ އިރާދަކުރެއްވިއްޔާ ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ގާއިމުވެ ނުތިބޭ ބިމަކަށް މި ލޮބުވެތި ދިވެހި ބިން ހަމަޖެހިގެންދާނެކަން. އިރާދަކުރެއްވިއްޔާ އެކަން ޙާސިލް ކުރާނަން.

ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަޞްލަޙަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ޙައްޤެއް. ދިވެހީންގެ ޤައުމީ ވާޖިބެއް. އެ ސަބަބަށްޓަކައި އިންޑިޔާއާ އެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން، އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެކަން ވާނީ އިންޑިޔާ ސަރުކާރަށް އަންގައިފައި. 

ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން. އެކަމުގެ ޤާބިލުކަން ދިވެހި ސިފައިންގައި އަށަގެންނެވުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެންގެ ސަރުކާރުވާނީ މި 14 ހަފުތާގެ ތެރޭގައި ފަށައިފައި. އެ ކަމަށް ބޭނުންވާ މީހުން ބިނާކުރުމާއި، ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް، މިހާރު ފެށިގެން ހަލުވިކަމާއެކު ކުރިޔަށް އެބަ ގެންދަން."

މިއަދު އޮންލައިން