ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޕްރޮގްރާމްތައް އަންނަ ދިރާސީ އަހަރު ހުރިހާ ސްކޫލްތަކެއްގައި ހިންގަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޕްރޮގްރާމްތައް އަންނަ ދިރާސީ އަހަރު ހުރިހާ ސްކޫލްތަކެއްގައި ހިންގަނީ!

ހުނަރު ދަސްކޮށްދޭ ވޮކޭޝަނަލް ޕްރޮގްރާމްތައް އަންނަ ދިރާސީ އަހަރު ހުރިހާ ސްކޫލްތަކެއްގައި ހިންގާނެކަމަށް  ތަޢުލީމާއި ބެހޭ ވަޒިރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްޕީއެލްގެ ސީއެސްއާރްގެ ދަށުން ހުރަވީ ސްކޫލްގައި ޤާއިމުކުރި ވޮކޭޝަނަލް ހަބް "ހުނަރުވެހި" ހުޅުއްވައިދެއްވާފައެވެ.

މި ވޮކޭޝަނަލް ހަބަކީ، ދިރިއުޅުމާއި ވަޒީފާގެ މައިދާނަށް ޝަޢުގުވެރި ދަރިވަރުންތަކެއް ތަމްރީންކުރުމަށް ޤާއިމުކުރި ހަބެކެވެ. ހަބުގައި އެކިކަހަލަ މަސައްކަތްތެރިކަމާއި ގުޅޭ ހުނަރުތައް ދަސްކޮށްދީ، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ.

ތަޢުލީމީ ވަޒީރު، ވިދާޅުވީ، ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރެއްވުމަަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޢަމާޒުކަމަށެވެ. އެގޮތުން، ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް އަންނަ ދިރާސީ އަހަރުން ފެށިގެން، ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފައްޓަވާނެކަމަށް ވިދާޅުވިއެވެ. އަދި މިކަމަކީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދޭ ފުރުޞަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށްވެސް މިކަމުގައި ބައިވެރިވުމުގެ ފުރުޞަތު ހަމަހަމަކަމާއެކު ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީވެސް ކޮންމެވެސް ހުނަރެއް އެނގޭ ކުދިންނަށް ހައްދަވާނެ ކަމަށް ވެސް ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

މިއަދު އޮންލައިން