އޯލެވެލްގައި އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
އޯލެވެލްގައި އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއަށް ސަރުކާރުން ފައިސާ ދައްކައިދޭން ނިންމައިފި

އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުން 4 މާއްދާއެއް ހެދުން މަޖުބޫރުކޮށް، އެ މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާގޮތަށް ހަމަޖައްސަވައިފިއެވެ. އޯލެވެލްގައި މަޖުބޫ 4 މާއްދާއަކީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބެވެ. 

މިކަމާގުޅިގެން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ސްކޫލުތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ އޯލެވެލް އިމްތިހާން ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގައި ބައިވެރިވާން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުން ކަމުގައިވެސް ވަޒީރު ވިދާޅުވެފައިވެއެވެ. އެ މާއްދާތަކަކީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބެވެ. މި ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ 5 މާއްދާގައި ދަރިވަރުން ބައިވެރިވާން ޖެހޭނެކަމަށްވެސް ސަރކިއުލާގައިވެއެވެ. އަދި ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން ބީޓެކް ސްޓްރީމްގެ އިތުރުން އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ވެސް ބައިވެރިވާން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.

މިބަދަލު ގެނައުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ ސްކޫލުތަކުގައި ތައުލީމު ހާސިލް ކޮށްގެން ނިކުންނަ ކޮންމެ ދަރިވަރަކީ ތައުލީމީ ގޮތުން ހާސިލް ކުރަން ކަނޑައެޅިފައިވާ މިންވަރަށް ހާސިލް ކޮށްފައިވާ ދަރިވަރަކަށް ހެދުމަށް ކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ވިދާޅުވިއެވެ.

މިއަދު އޮންލައިން