މަސްވެރިންނަށް ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން މަގުފަހިކޮށްދެނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
މަސްވެރިންނަށް ކުރިމަތިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން މަގުފަހިކޮށްދެނީ!

މަސްވެރިންނަށް ދިމާވާ ދަތިތަކުން އަރައިގަތުމަށާއި އަދި އެހެންވެސް ވަޒީފާތައް އަދާކުރާ މުވައްޒިފުން ފަދައިން މަސްވެރިންނަށްވެސް ބޭންކުތަކުން އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދޭން ސަރުކާރުިން ނިންމައިފިއެވެ. އަދި އެކަމަށްޓަކައި މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލަން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. 

މިކަން ހާމަކުރެއްވީ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެވެ. 

އެމަނިކުފާނު ވިދާޅުވީ:  

މަސްވެރިންގެ އަގުވަޒަންކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރަންވެސް އަޅުގަނޑުމެން ވަނީ ނިންމާފައި. އެކަން ކުރަން ބޭނުން. އެކަމަށްޓަކައި އެންމެ އިސްކަމެއްގެ ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ ދިވެހި ދައުލަތަކީ، ދިވެހި މަސްވެރިންނަކީ ކޮބައިކަން ދަންނަ، ދައުލަތަކަށް ހެދުން. މިކަމަށްޓަކައި ދިވެހި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން މިއަދު ވަޒީރުންގެ މަޖިލީހުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައި. 

މި ދަފުތަރުގެ ބޭނުމަކީ، ދިވެހި މަސްވެރިންނަށް ދިމާވާ މާލީ އިޤްތިޞާދީ އެކިއެކި ދަތިތައް ހައްލުކުރެވޭނެ މަގުތައް ފަހިކޮށްދިނުން. މިގޮތުން، ދިވެހި މަސްވެރިން ބޭންކުގެ ނިޒާމުގެ ތެރެއަށް ވަދެވޭނެގޮތް ފަހިވެގެންދާނެ. މިކަމުގެ ސަބަބުން މަސްވެރިންނަށް، މަސްވެރިކަން ދަށް ދުވަސްވަރު ނުވަތަ މަސްވެރިންގެ ބަހުރުވައިން ނަމަ، "އަޑިއަޅައިލާ ދުވަސްވަރު" ދިވެހި ދައުލަތުން މަސްވެރިންގެ އަތުގައި ހިފޭނެގޮތް ފަހިވެގެންދާނެ. މަސްވެރިކަމާ ގުޅުންހުރި އެކިއެކި މަސައްކަތް ފަށައިގަތުމަށާއި ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން، ބޭންކް މެދުވެރިކޮށް ފަހިކޮށްދެވޭނެ. އެކަމާ ބެހޭ އުސޫލުތައް ސަރުކާރުން އެކުލަވައިލައި، ދިވެހި މަސްވެރިންނަކީ ވަރަށް ޒަމާނީ، ވަރަށް ޤަދަރުވެރި، ވަރަށް ޤަދަރު އުފުލިގެންވާ، ފުދުންތެރި ބަޔަކަށް ހެދުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ. 

މިއަދު އޮންލައިން