ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ ފަނަރަ ދުވަހުގެ ތެރޭގައި ހާމަކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ ފަނަރަ ދުވަހުގެ ތެރޭގައި ހާމަކުރަނީ!

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މިނިންމެވުމާއި ގުޅިގެން ގިނަ ބައަކު ވަނީ މިއީ ވަރަށް މުހިންމު ނިންމެވުމެއްކަމަށް ފާހަގަކޮށްފައެވެ. 

"މީގެ ކުރިންވެސް ތިއަބާވަތުގެ އަޑުތައް އިވޭ. ވޯލްޑްކަޕް ބައްލަވަން މިވަޑައިގަންނަވަޏީ އަމިއްލަފުޅު ޓިކެޓުގަކަމަށް ވިދާޅުވި އަޑެއްވެސް އިވުނު. އަރިހުގަ ގެންދެވި ފައުޖަށް ޚަރަދުކުރި ގޮތް އޮތީ ބޮޑު ސިއްރަކަށްވެފަ. މިފަދަ ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންތައްތައް ކުރައްވައިފިނަމަ ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ" ކަމަސްވެސް ބައެއ މީހުން ބުނެފައިވެއެވެ.

 

މިއަދު އޮންލައިން