ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 34ސ
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، 3 ވަނަ ފިޔަވަހީގެ ދަށުން މިހާރު ކުރިއަށްދަނީ މަގުގައި ކުރިން އަޅާފައިވާ ގައުތައް ނެގުމުގެ މަސައްކަތެވެ. އަދި މި ހަފުތާގެ ތެރޭގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން މަގުތަކުގެ ފެންވަރު ރަނގަޅުކުރެވިގެން ދިއުމަކީ މާލޭގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، މާލޭގެ މަގުތަކުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.

މިއަދު އޮންލައިން