ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ވަޒީރުން އިސް ފަރާތްތަކާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް ވަޒީރުން އިސް ފަރާތްތަކާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހުރި ކަންބޮޑުވުންތައް ދެނެގަތުމަށާއި، ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކަމާބެހޭ ވަޒީރުންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އިސް ފަރާތްތަކާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއީ ސިނާޢަތުގެ ބައިވެރިންނާއެކު ސިލްސިލާކޮށް ކުރިއަށްގެންދާ މަޝްވަރާތަކުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ އިތުރުން، މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުންނެވެ.

ސިނާޢަތުގެ އިސް ފަރާތްތަކުން ހުށަހެޅި ލަފާތަކާއި ރިކޮމެންޑޭޝަންތަކުގެ މައްޗަށް ބިނާކޮށް މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ކަމަށާއި، މި ދާއިރާއާ ގާތުން ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ވަނީ ދީފައެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު، އަދި އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ބަންޑާރަ ނައިބު އަލްއުސްތާޛް އަޙުމަދު އުޝާމް އާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން