މަޖިލީހަކީ ދޮގުހެދުން އަމިއްލައަށް ހުއްދަކޮށްގެން އުޅޭތަނެކެވެ. މަޖިލީހުގަ މެންބަރުން ވާހަކަދައްކާއިރު އެވާހަކަތައް ލައިވްކުރެއެވެ. މުޅި ދުނިޔެއަށް އަޑުއިއްވައެވެ. އެކަމަށް ވިސްނާ ނުލައި ދޮގުވާހަކަތައް ދައްކައި މީހުންގެ ޢަބުރަށް އަރައިގަނެ، މީހުން ފަޟީޙަތްކޮށްލާފައި އެމީހާ ގާތުގަ ސޮރީ ބުނެލުމުން ފުދޭނެތޯ؟
ދާދިފަހުން ދޮގުތުހުމަތުތައް އަޅުވައި އަޅުގަނޑުގެ ބޭބެއެއްގެ ޢަބުރަށް ވަނީ ވަރަށް ބޮޑަށް އަރައިގެންފައެވެ. އެކަން ޙޫނުވުމުން އެމެންބަރު ވަނީ ބޭބެއަށް ފޯނުކޮށް މާފަށް އެދިފައެވެ. އަޅުގަނޑުގެ ސުވާލަކީ އެފަދަ ބޮޑެތި ކަންކަން އެހައިފަސޭހައިން ނިންމައިލެވޭނެތޯއެވެ؟ އެވާހަކަތައް އަޑުއެހި މީހުންނަށް ބޭބެ އާއިމެދު އުފެދުނު ޝައްކުތަކުން ބޭބެ ސަލާމަތްކޮށްދޭކަށް ނުޖެހޭނެތޯއެވެ؟ މިކަން ދީނުގައި އޮންނަނީ ކޮންގޮތަކަށްތޯއެވެ؟
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިރީގައިވާ ޢަލީ ރަމީޒުގެ ސުވާލަށް ޝައިޚް އަހްމަދު ސަމީރު ދެއްވެވި ޖަވާބުން ތިއަބާވަތުގެ ކަންކަން އޮތް ގޮތް ށާފުވެވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.
ޢަލީ ރަމީޒުގެ ސުވާލު-
ކޮންމެއަކަސް ޝޭޚް އަޅުގަނޑު ސުވާލެއް މި އަމާޒު ކުރަނީ. ސޯޝަލް މީޑިއާގައި މިސާލަކަށް މީހެއްގެ އަބުރާ ބެހުނީ މިސާލަކަށް ދެން އެކަން އެބަދޭ ހަމަ އެތައްހާސް ބަޔަކަށް ވަގުތުން ފެތުރިގެން އެބަދޭ މިކަން އަޅުގަނޑަށް ހީވަނީ އޭނަ ކިހިނެއްތޯ އޭނަ މާފަށް އެދޭނީ،
އަޅުގަނޑަށް މިދޭތެރެއިން ވީގޮތެއް ހަމަ ދަންނަވާލާނަން އިގޭތޯ! މިދޭތެރެއިން ކޮންމެސް އަޒްލިފާ އަޙްމަދު ކިޔާ އަންހެނަކު. ދެން އަޅުގަނޑު ހަމަ ނަންވެސް ހަމަ ކިޔާލީ އިނގޭތޯ! އަޒްލިފާ އަޙްމަދު ކިޔާ އަންހެނަކު އަޅުގަނޑު ބަނގުރާބޯ ކަމަށް ތުހުމަތުކޮށް އެތައްހާސް ބަޔަކު ކުރިމަތީ އަޅުގަނޑުގެ ފޭސްބުކް ޕޭޖުގައި ކޮމެންޓެއްގެ ގޮތުގައި އޭނަ ކޮމެންޓް ކުރީ. ބަނގުރާ ބުއިކަމަށް ތުހުމަތު ކޮށްފަ ވާހަކައަކީ އެތައްހާސް ބައެއްގެ ކުރިމަތީގައި ދެން ކޮންމެއަކަސް އަޅުގަނޑަކީ ޢާއްމު ގޮތެއްގައި މީހުންނަށް ރެސްޕޮންސް ކުރާމީހެއްނޫން، އެދުވަހު އަޅުގަނޑު ހިތަށްއެރީ މީނަޔަށް ވާނޭ މިކަމުގައި މިހާ ފާޅުކަންބޮޑު ގޮތެއްގައިމި ތުހުމަތު ކުރީމަ ޖަވާބެއްދޭން ދެން އަޅުގަނޑު ބުނެފިން އަޅުގަނޑު ދުވަހަކުވެސް ބަނގުރަލެއްނުބޮމޭ ޙަޔާތުގައި ދުވަހަކުވެސް، ކަލޭ ތައުބާވާށޭ!
ދެންކޮންމެއަކަސް މިކަމެއް ހިނގާމިދިޔައީ. ދެން އޭގެ ދެދުވަހެއްވަރު ފަހުން މީނަ އަޅުގަނޑަށް ޕްރައިވެޓްކޮށް މެސެންޖާއިން ވާހަކައަކީ މި މެސެޖު މިކުރަނީ އޭނައަށް ކުރެވުނުކަންތައް, ވާހަކައަކީ ދެރަވެއްޖޭ އެކަން އެގިއްޖޭ ދެން މާފަށްވެސް އެދުނު ދެން އެހެންނަމަވެސް އަޅުގަނޑު އޭނަކައިރީގައި މިބުނަނީ މިހާރު އަޒްލިފާ އަޅުގަނޑުގެ ބޮލުގައި ބަނގުރާ ބުއިކަމުގެ ތުހުމަތު އެޅުވި އެތައްހާސް ބައެއްގެ ކުރިމަތީގައޭ، އެހެންނަމަވެސް އަޅުގަނޑަށް ޕްރައިވެޓްކޮށް މެސެޖް ކޮށްފައޭ ތިމާފަށް ތިއެދެނީ އެހެންވީމާ، ތިކަން ކިހިނެއްހޭ ތިހެން ކުރިޔަށް ގެންދެވޭނީ؟
އަޅުގަނޑު ޝޭޚް ސަމީރު އާއި މިސުވާލު ހަމަ އަމާޒުކޮށްލަން ބޭނުންވަނީ، މިސާލަކަށް ސޯޝަލް މީޑިއާގައި މިގޮތަށް އެތައްހާސް ބައެއްގެ ކުރިމަތީގައި ކުރިމަތީގަ އެތައް ލައްކަ ބައެއްގެ ކުރިމަތީގައި މިއަދު އަބުރު ކަތިލާފައި، ޕްރައިވެޓްކޮށް އެގޮތަށް މެސެޖު ކޮށްފައި ނުވަތަ ވާހަކައަކީ އޭނަ އަމިއްލައަށް އެގޮތަށް ގުޅާލާފައި އެހެން އެކަންކުރީމާ އޭތި ފުދިގެންދާނެހޭ ޝަރުޢީ ގޮތުން.
ޝައިޚް އަޙްމަދު ސަމީރުގެ ޖަވާބު:
އާދެ! ޝަރުޢީގޮތުން އެކަން ނުފުދޭނެ އެގޮތަކަށެއް. އެއީ ޙަޤީޤަތުގައި މީހުންގެ ވާހަކަ އެގޮތަށް ދެކެވެމުންގޮސް އެމީހުންގެ އަބުރަށް ލިބޭ ހުތުރުގެ ހުތުރުން އޭނާ ފޫބައްދާލަން ޖެހޭ މާނައަކީ އޭނާއަށް ވީވަރަކުން އެކަން ފޫބައްދައިދިނުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ. އެހެންވީމާ ޢިލްމުވެރިން ވިދާޅުވަނީ މިސާލަކަށް މީހަކާމެދު ޣީބަ ބުނެވިފައިވާނަމަ، އެއީ މީހެއްގެ ޙައްޤެއް އޭނަގާތުން މާފަށް އެދިފަ، އެޣީބަ ބުނި ތަނެއްގައި ނުވަތަ އެބައެއްގެ ގާތުގައި އެކަން އެއީ އެގޮތަށް އޮތްކަމެއް ނޫންކަންވެސް އޭނަ ބަޔާންކޮށްދޭން ވެސް ޖެހޭ މީގަ އެގޮތުގެ ސަބަބުން މާފުވެގެންދަނީ އެހެންވީމާ، އަޞްލު އުޞޫލެއްގެ ގޮތުން ބަލައިފިއްޔާމުން މީހަމަ އެވަރުގެ ޕަބްލިކެއްގައި އަނެއްހެން ބަލައިފިއްޔާމުން އެކަމަކީ ދޮގެއްކަން ނުވަތަ އެކަން އެއީ އެގޮތަށް ހިނގާފައި އޮތް ކަމެއްނޫންކަން ބަޔާންކުރުން އެއީ އެމީހަކަށް ލިބުނު ގެއްލުމުގެ ބަދަލު އޭނައަށް އެކަމުގެސަބަބުން ލިބުނު އަބުރަށް އެރި ހުތުރު ސާފުކޮށްދިނުމަކީ އެއީ ޙަޤީޤަތުގަ އެފަރާތުން ކުރަންޖެހޭނެ ކަމެއް އޭނަ ކިތަންމެ ބޮޑަސް. އެހެންވީމާ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެއީ އެމަގަށް އޮތް މަގެއް ކުރަންޖެހޭނެ،
މިސާލަކަށް މީގެ ނުކުތާއަކީ، ޢަލީރަމީޒު މިސާލަކަށް ޖެއްސެވި ފޭސްބުކް ސްޓޭޓަސް އެއް ޖައްސާ ޢަލީރަމީޒު ފޭސްބުކްގައި އެބައުޅޭ އެއްލައްކަ އަށްވުރެ ގިނައިން ޢަލީރަމީޒުގެ ފޭސްބުކް ސްޓޭޓަސްގައި ކޮމެންޓް ކުރި ބޭފުޅެއްގެވެސް ޕޭޖުގައި އުޅެދާނެ ވިހި މީހުންވެސް އެހެންވެއްޖިއްޔާ އޭގެ މާނައަކީ، މިސާލަކަށް އެމަޢުޟޫޢުގައި ތިމަންނަވެސް ފޭސްބުކްގައި ޖަހާލިއްޔޭ ބުންޏަސް އެހިސާބަކުން ނުއެއްފުދޭ. އެހެންވީމާ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ވަރަށް ނުރައްކާތެރިކަމެއް މިގޮތަށް މިފަދަ ކަންކަން ކުރުމަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި މިކަން މިކުރަނީ އެހެންވީމާ، އެބޭފުޅާގެ އެފަދަ ކަމެއް ހިނގާފައި އޮތްކަމުގައިވާނަމަ ވީހާވެސް ބޮޑަކަށް އޭތި ފާޅުކުރުން ޢާއްމު ކުރުން އެކަންހިނގާފައި އޮތީ އެގޮތަށް ނޫންކަމަށް ބުނުން، އެއީ ޙަޤީޤަތުގަ އެކަން ޚަލާޞް ވާނެ އެންމެ ރަގަޅު ގޮތަކީ ދެން މާފަށް އެދިއްޖެ ކަމުގައިވާނަމަ ދެން ޢަލީ ރަމީޒުވެސް އަޅުގަނޑު އެދެން މާފު ދެއްވުން ދެން އެމީހަކު ކުރިކަމެއް އެމީހަކަށް ދެއްތޯ الله سبحانه وتعالى މީހަކަށް މާފުދެއްވި ކަމުގައިވާނަމަ އެމީހެއްގެ މަތިން އެމީހެއްގެ ދަރަޖަ އެކަލާނގެ މަތިވެރި ކުރައްވާނެ. އަދި އެފަރާތަކުންވެސް ކޮންމެގޮތެއްވެސް އެކަމުގައި ރަގަޅުގޮތް ޚިޔާރު ކުރި ކަމަށް އަޅުގަނޑަށް ބެލެވެނީ ރަގަޅުކުރަން މާނައަކީ ބޭނުންވެގެންކަން ބެލެވެނީ ވާހަކަދެއްކީވެސް އުންމީދަކީ އެކަން ޙާޞިލް ވެގެންދިއުން،
ޢަލީ ރަމީޒްގެ ދީލަތި މާފު:
އާދެ! شكرية
ވަރަށް ބޮޑަށް شكريّةއިގޭތޯ جَزَاكُمُاللهخَيرٌ: އަޅުގަނޑު ހަމަ މިޕްރޮގްރާމްގެ ޒަރިޢްޔާއިން އަޒްލިފާ އަޙްމަދަށް މަޢާފު ކޮށްފިން އިނގޭތޯ!
މިއަދުނޫހުގެ ބަސް:
މިވާހަކަ މިހައި ތަފްޞީލްކޮށް ހާމަމިކުރީ މިފަދަ ކަންކަމަކީ ކިހައި ވަރެއްގެ ބޮޑެތި ކަންކަން ކަން ނުއެނގިތިބެ ވަރަށް ގިނަ ބައަކަށް މިފަދަ ކަންކަން ކުރެވޭތީއެވެ. މީހުންގެ ޒާތީ ކަންކަމާއި ބެހޭ ދޮގު މައުލޫމާތު ހާމަކުރެވޭތީއެވެ.