ހޮސްޕިޓަލްތައް ހިންގަނީ ހެލްތު މިނިސްޓްރީގެ މެންޑޭޓުން ބޭރުން: ފިރުޒުލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހޮސްޕިޓަލްތައް ހިންގަނީ ހެލްތު މިނިސްޓްރީގެ މެންޑޭޓުން ބޭރުން: ފިރުޒުލް

މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ހިންގަނީ ހެލްތު މިނިސްޓްރީގެ މެންޑޭޓުން ބޭރުން ކަމަށާއި، އޭގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުންވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މާލެ ސަރަހައްދުގައި ގާއިމުވެފައި ހުރި މައި ހޮސްޕިޓަލްތަކާއި އެކި ރީޖަންތަކުގައި ހުރި މައި ހޮސްޕިޓަލްތައް ހިންގަމުންދަނީ ހެލްތު މިނިސްޓްރީގެ މެންޑޭޓުން ބޭރުން ނުވަތަ ހެލްތު މިނިސްޓްރީގެ މާބޮޑު ދައުރެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ "އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ މިކަންކަމުގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ދައުރު ނެތުން. މި ހޮސްޕިޓަލް ތަކަކީ، މި މުއައްސަސާތަކަކީ އެއީ ރާއްޖޭގެ ސިއްހީ ދާއިރާގެ އެންމެ މުހިންމު މައި ހޮސްޕިޓާތައް ކަމަށް ވާއިރު އެތަންތަން ހިންގުމުގައި ހެލްތު މިނިސްޓްރީގެ ދައުރެއް ނެތުމަކީ އެއީ އޭގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް އުފެދުމަށް މެދުވެރިވެފައި ހުރި ކަމެއް،" ކަމަށެވެ.

މިހާރު ހޮސްިޓަލްތައް ހިންގަމުންދާ ގޮތުން ގާނޫނީ ގޮތުންވެސް މައްސަލަތަކެއްވެސް ކުރިމަތިވަމުންދާ ކަމަށާއި އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ގާނޫނު ބުނާގޮތުން ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ޖާވާބުދާރީވާންޖެހޭ ފަރާތަކީ ހެލްތު މިނިސްޓަރު ކަމަށްް އޮވެފައި، ހެލްތު މިނިސްޓްރީގެ މެންޑޭޓުގެ ބޭރުން ހޮސްޕިޓަލްތައް ހިންގަމުން ދިޔުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މިއަދު އޮންލައިން